Badhu ahulaagee manzaru dhehki kamuge shakuvaa aa eku Sangu TV ge massala balanee
image
0 ކޮމެންޓް
 

ބަދު އަހުލާގީ މަންޒަރު ދެއްކި ކަމުގެ ޝަކުވާއާއެކު ޖަވާބުދާރީވާން ސަންގު ޓީވީއަށް އަންގައިފި

ސަންގު ޓީވީން މި ރޯދަމަހު ގެނެސްދިން ޕްރޮގްރާމެއްގައި ބަދުއަހުލާގީ މަންޒަރު ދެއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝަކުވާކޮށްފައި ވަނިކޮށް، އެ މައްސަލާގައި ޖަވާބުދާރީވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޓީވީއަށް އަންގައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު ގެނެސްދިން ޕްރޮގްރާމެއްގެ ބައެއް މަންޒަރުތަކާއެކު އެކި ފަރާތްތައް ވަނީ އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ކޮށްފަ އެވެ.

ބްރޯޑްކޮމް އިން ބުނީ "ރޯހާ ފުއްޓަރު" ޑްރާމާގައި މުޖުތަމައުގެ އާންމު އަހުލާގަށް ނުފެތޭ ބަދު އަހުލާގީ މަންޒަރުތަކެއް ދައްކާފައިވާ ކަމަށް ބެލެވޭތީ އެކަން ބަލަމުންދާ ކަމަށެވެ.

އެ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފު އެއްޗެއް ކަމަށް ބެލެވޭ ކަމަށާއި، އެކަމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ބްރޯޑްކޮމް އިން ބުނެފައި ވެއެވެ.

މައްސަލަ ބަލައި ނިމެންދެން، ކޮންޓެންޓަށް ބަދަލެއް ނުގެނެސް ބެހެއްޓުމަށާއި، އަންނަ މަހުގެ 11 ވަނަ ދުވަހުގެ 02:00 ގެ ކުުރިން ޖަވާބު ދާރީވާން ވެސް ސަންގު ޓީވީ އަށް ވަނީ އަންގާފަ އެވެ.
ހިޔާލު