Vagaku ganhinguvumah fahu fuluhunnaa havaalukohfi
image
ފެން ކޭސް ވަގަށް ނެގި މީހާ ގަންހިންގުވަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ
6 ކޮމެންޓް
 

ވަގަކު ގަންހިންގުވުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފި

ފިހާރަ އަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު އާންމުންގެ ބަޔަކު ހިފެހައްޓައި، އޭނާ ގަންހިންގުވުމަށް ފަހު ފުލުހުންނާ މިރޭ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މާފަންނު ފިހާރަ އަކުން ވައްކަން ކުރި މީހެއްގެ މައްސަލަ މިރޭ 20:38 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށްވެ. އަދި ވައްކަން ކުރި ކަމުގެ ތުހުމަތުގައި 18 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންނަށް ހަވާލު ކުރުމުގެ ކުރިން އާންމުން ވަނީ އޭނާ ހިފަހައްޓައި، މަތިން ލައިގެން ހުރި އެއްޗެހި ބޭލުވުމަށް ފަހު ބުރަކަށީގައި ހުދު ކުލައިގެ ސްޕްރޭ އިން "ވަގު" ޖެހުމަށް ފަހު އޭނާ ގަންހިންގުވީ އެވެ. އަދި އެ މަންޒަރު ދައްކުވައިދޭ ފޮޓޯތައް މިހަރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.

އެކަމަކު ފުލުހުން ބުނާގޮތުން އޭނާ ބުރަކަށީގައި އެހެން ލިޔުމަށް ފަހު ފުލުހުން ދަންދެން ފިހާރާގައި ބަހައްޓާފައި ހުރީ ކަމަށެވެ. އެކަމަކު މަންޒަރުދުއް ބައެއް މީހުން ވަނީ ފުލުހުންނާ ހަވާލުކުރުމުގެ ކުރިން އާންމުން ނިކުމެ އޭނާ ގަންހިންގުވާފައިވާ ކަމަށް "ސީއެންއެމް" އަށް ކިޔައިދީފަ އެވެ.

މީގެ ކުރިން ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު 19 އަހަރުގެ ފިރިހެނަކު ވެސް ވަނީ އާންމުން ނިކުމެ ގަންހިންގުވާފަ އެވެ. ފުލުހުން އެ ރޭ އޭނާ ހައްޔަރުކޮށް، ފަހުން ކޯޓުން ވަނީ ބަންދުގެ މުއްދަތު ވެސް ޖަހާފަ އެވެ.
ޕޮލިސް ވައްކަން
ހިޔާލު

ދޮން އީސާފުޅުބެ

ދެރަ ނިކަމެތިމީހެއްވީމަ މުޅި ރަށުގަ ގަންހިންގާ އަނިޔާކުރެވޭ، ފުލުހަށްވެސް ގެންދެވޭ، ހުކުމްވެސްކުރެވޭ. މޮޅުމީހަކު، އިއްޒައްތެރިއެއްނަމަ، ގަންހިންގާކަށް ނުކެރޭ، ވަގެކޭ ބުނަންވެސް ނުކެރޭ، ފުލުހަކަށް ނުގެންދެވޭ، ހުކުމްކޮށްފަ އޮތަސް މިނިވަންކޮށް ނުކުރާކަމަކަށް ހެދޭ. ނިކަމެތި މީހާ ވަގައްނެގީ 60ރ ފެންކޭހެއް، އިއްޒއްތެރިޔާ މާތް ﷲ ގަންދީ ހުވާކޮށްހުރެ ދައުލަތުން ބިލިއަނުން ފައިސާއަށް ހިޔާނަތްތެރިވީ. މިޤައުމުގަ އިންސާފުވެރިކަމާއި އަދުލުވެރިކަން ވަޒަންކޮށްލައްވާ...

އަހުމަދު

އާއްމު ނިކަމެތިމީހަކު ވައްކަންކޮށްފިނަމަ ގަންހިންގަންވެސް ކެރޭނެ.. މުޅި ބައިތުލްމާލު ދަވާލި ސަރުކާރުގެ ބޮޑުން ނިކަން ގަންހިންގާލަބަލަ މިފުރުޞަތުދީބަލަ.

ލަކޫ

މީހުނަށް އިހާނެތިކޮށް ކަންކުރާ މީހުނާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ! މީހުން ގަންހިންގާ މީހުން ގައިގާ ވަގު ލިޔެ މީދެން ދައުލަތެެއްވެސް ނެތް ޖަންގަލީގައި އުޅޭ ބަޔަކީތޯ؟ ކުށް ކުރާ މީހުނަށް ޤާނޫނުން ބޭރުން އަމަލުކުރެވެނީ !

ޢަލީ

ހިތާމަ ހުރި ކަމެއް.. މިޔޮފަދަ ރޭ ތަކުގައި..

ބަލާބޮޑު

ގައުމު ދިރުވާލި ވުގުން ކޮބާ ތޯ؟؟؟؟

ވަނާ

އިސްތިއުފާ ދެގަ