Tottenham Balikoh Liverpool Champions League Kaamiyabukoffi
image
ލިވަޕޫލުގެ ކުޅުންތެރިން އުފާފާޅު ކުރަނީ ފޮޓޯ:---
ސީއެންއެމް
0 ކޮމެންޓް
 

ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ހަ ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ.
ލިޔަވަޕޫލުން މިރޭގެ ފައިނަލް މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. އެޓީމަށްލީޑު ނަގައިދިނީ މެޗުގެ 1 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހް އެވެ. މި ޕެނަލްޓީ އަކީ ޓޮޓެންހަމްގެ ކުޅުންތެރިއަކު ޕެނަލްޓީ އޭރިއާ ތެރޭގައި ބޯޅާގައި އަތްލުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީ އެކެވެ.

ލިވަޕޫލުން މެޗުގެ ކުރީކޮޅު ނެގި ލީޑާއެކު އެޓީމުން ކުޅެމުން ދިޔައީ ޑިފެންސިވް ކުޅުމެކެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މެޗު ޑޮމިނޭޓު ކުރީ އެޓީމުންނެވެ.

ފުރަތަމަ ޓޮޓެންހަމްގެ ފަރާތުން މާގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ މޫސާ ސިސޯކޯ އަށާއި ސަން އަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެއެވެ.

މި މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު މެޗު ނިމެން މިނެޓު ކޮޅަކަށްވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮރީގީ އެވެ. އޮރީގީ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބާސެލޯނާ ކޮޅަށް ވެސް މުހިންމު ލަނޑުތަކެއް ލިވަޕޫލަށް ކާމިޔާބު ކޮށްދީފައެވެ.

މިރޭގެ މެޗުން މޮޅުވެ ލިވަޕޫލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއެކު އެޓީމަށް ޔޫއެފާ ސުޕަ ކަޕުން ޖާގަ ލިބިގެންދާނެއެވެ. ޔޫއެފާ ސުޕަ ކަޕުން ޖާގަ ލިބެނީ ޔޫރޮޕުގެ އެންމެ ބޮޑު ދެ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބު ކުރާ ދެ ޓީމަށެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމުގެ ގޮތުގައި ލިވަޕޫލުން ސުޕަ ކަޕްގެ ޖާގަ ކަށަވަރު ކޮށްފައިވާއިރު ލިވަޕޫލާ ދެކޮޅަށް ނިކުންނާނީ ޔޫރޮޕާ ލީގު ކާމިޔާބު ކުރި ވާދަވެރި އިނގިރޭސި ޓީމު، ޗެލްސީ އެވެ.
ހިޔާލު