CNM Badhige: Juicy Roasted Chicken
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: ޖޫސީ ރޯސްޓަޑް ޗިކަން

ތިރީގައި އެވަނީ ޖޫސީ ރޯސްޓަޑް ޗިކަން ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި

1 ކުކުޅު (ހަން ނޮޅާފައި)
ލޮނު އަދި އަސޭމިރުސް (ރަހަ ހެޔޮވަރުވާ މިންވަރަށް)
1 މޭޒުމަތީ ސަމުސާ އަނިއަން ޕައުޑާ ނުވަތަ ފިޔާ މުގުރާފައި
1/2 ޖޯޑު މާޖިރީން
1 ސެލެރީ ދަނޑި (ފަތްތައް ނައްޓާފައި)

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ 175 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރަން ޖައްސާށެވެ. ރޯސްޓު ކުރާ ޓްރޭގެ ތެރެއަށް ކުކުޅު ލުމަށްފަހު އޭގެ އެތެރެ އާއި ބޭރުގައި ލޮނު އަދި އަސޭމިރުސް ހާކާ، ރަނގަޅަށް ސީޒަން ކުރާށެވެ. އޭގެ ފަހުން އަނިއަން ޕައުޑާ ވެސް އެގޮތަށް އުނގުޅާށެވެ. ކުކުޅުގެ ތެރޭގައި ތިން މޭޒުމަތީ ސަމުސާ މާޖިރީން ކޮޅު ބާއްވާލާށެވެ. ބާކީ ހުރި މާޖިރީން ކުކުޅުގެ ބޭރުގައި އުނގުޅާށެވެ. ސެލެރީ ދަނޑިކޮޅުވެސް ތިނެއް ނުވަތަ ހަތަރު އެތިކޮޅަށް ބުރި ކުރުމަށްފަހު ކުކުޅު ތެރެއަށް ލާށެވެ. ކުރިން ހޫނު ކުރަން ޖެއްސި އަވަނުގައި ކުކުޅު 1 ގަޑިއިރާއި 15 މިނެޓު ވަންދެން ބައިންދާށެވެ. ދެން އަވަނުން ނެގުމަށްފަހު ކުޑައިރުކޮޅު އެލުމިނިއަމް ފޮއިލްކޮޅެއް ޓްރޭ މަތީގައި އަޅާށެވެ. އަދި އަނެއްކާ ވެސް 30 ވަރަކަށް މިނެޓު އަވަނުގައި ބައިންދާށެވެ. އޭގެ ފަހުން ހޫނުކޮށް ހުއްޓާ ސާވް ކުރާށެވެ.
ހިޔާލު