CNM Badhige: Lime Cilantro Rice
image
0 ކޮމެންޓް
 

ސީއެންއެމް ބަދިގެ: ލައިމް ސިލާންތްރޯ ރައީސް

ތިރީގައި އެވަނީ ލައިމް ސިލާންތްރޯ ރައީސް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި

2 ޖޯޑު ފެން
1 މޭޒުމަތީ ސަމުސާ ބަޓަރު
1 ޖޯޑު ލޯންގް-ގްރެއިން ހުދު ހަނޑޫ
1 ސައިސަމުސާ ލުނބޯ ތޮށި (ގާނާފައި)
2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1/2 ޖޯޑު ސިލާންތްރޯ (ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް

ތެލީގެ ތެރެއަށް ފެން އެޅުމަށްފަހު ރަނގަޅަށް ކެކެން ފެށުމުން އޭގެ ތެރެއަށް ބަޓަރު އަދި ހަނޑޫ އަޅާފައި ކުޑަކޮށް ހަލާލާށެވެ. ތެލީގެ މަތި ޖެހުމަށްފަހު، ހޫނުމިން ދައްކޮށްލާށެވެ. ގާތްގަނޑަކަށް 20 މިނެޓު ވަންދެން، ހަނޑޫތައް ރަނގަޅަށް ކެކެންދެން ބަހައްޓާށެވެ. ކައްކައި ނިމުމުން ސާވް ކުރުމުގެ ކުރިން ބަތުގެ ތެރެއަށް ލުނބޯ ތޮށި އަދި ލުނބޯ ހުތްކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ހޫނުކޮށް ސާވް ކުރާށެވެ.
ހިޔާލު