Nick ah emme kamudhaa Hindi lava thakuge thereyga Priyanka ge lavayeh
image
ނިކް ޖޯނަސް އަދި ޕްރިޔަންކާ ޗޯޕްރާ--
0 ކޮމެންޓް
 

ނިކް އަށް އެންމެ ކަމުދާ ހިންދީ ލަވަތަކުގެ ތެރޭގައި ޕްރިޔަންކާގެ ލަވަޔެއް

ހޮލީވުޑްގެ ތަރި ނިކް ޖޯނަސް އެންމެ ކަމުދާ ދެ ހިންދީ ލަވައިގެ ތެރެއިން އެއް ލަވަޔަކީ އޭނާގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ ލަވައެއް ކަމަށް އޭނާ ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އާއްމު ވީޑިއޯއެއްގައި ފެންނަ ގޮތުން އިންޑިއާގެ ފޭނަކު ވަނީ ނިކް އަށް އެންމެ ކަމުދާ ހިންދީ ލަވަޔަކީ ކޮބައިތޯ އޭނާއާ ސުވާލުކޮށްފަ އެވެ.

ނިކް ޖަވާބުގައި ބުނީ އޭނާ އަށް އެންމެ ކަމުދާ ހިންދީ ލަވަޔަކޯ 2018 ވަނަ އަހަރު ނެރުނު ފިލްމު ސޯނޫ ކޭ ތިތޫ ކީ ސްވީޓީގައިވާ ބޮމް ޑިގީ ޑިގީ ލަވަ ކަމަށެވެ.

އެކަމަކު އޭނާގެ އަންހެނުން ޕްރިޔަންކާ ފެނިގެންދާ 2008 ވަނަ އަހަރުގެ ފިލްމު ދޯސްތާނާގެ ލަވަ ދޭސީ ގާލް އަކީ ވެސް ވަރަށް ކަމުދާ ލަވައެއް ކަމަށް ނިކް ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައި ނިކް އާއި ޕްރިޔަންކާ ކައިވެނު ކުރުމަށްފަހު މުމްބާއީގައި ބޭއްވި ހަފްލާއެއްގައި އެދެތަރިން ވަނީ ދޭސީ ގާލް ލަވަޔަށް ނަށާފަ އެވެ.
ހިޔާލު