Don 3 ah Shah ge badhalugai Ranbir
image
ޝާހު އާއި ރަންބިރު--
0 ކޮމެންޓް
 

ޑޮން ތިނަކަށް ޝާހުގެ ބަދަލުގައި ރަންބީރު

ފަރްހާން އަކްތަރު ޑައިރެކްޓް ކުރާ ކާމިޔާބު ފިލްމު، ޑޮންގެ ތިން ވަނަ ބައެއް އުފައްދަން ނިންމާފައިވާކަން މީގެ ދުވަސްކޮޅެއް ކުރިން އިއުލާނުކޮށްފައިވާއިރު އެފިލްމުގެ ލީޑު ބަތަލުގެ ރޯލަށް ރަންބީރު ކަޕޫރު ނަގާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ޝާހް ރުކް ހާން އާއި ޕްރިޔަންކާ ފެނިގެން ދިޔަ "ޑޮން" ގެ ފުރަތަމަ ފިލްމް ރިލީޒު ކުރީ 2006 ވަނަ އަހަރު އެވެ. އަދި "ޑޮން 2" އަކުން ވެސް އެދެ ތަރިން ފެނިގެން ދިޔައިރު އެ ފިލްމުގެ ދެވަނަ ބައި ނެރުނީ 2011 ވަނަ އަހަރެވެ. ދެ ބަޔަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

އެކަމަކު މިފަހަރު ތިން ވަނަ ބައިގައި ޝާހުގެ ބަދަލުގައި ފެނިގެން ދާނީ ރަންބީރު ކަމަށް އަޑުތައް އަރަމުން އަންނައިރު ބަތަލާގެ ރޯލުން ފެންނާނީ ޕްރިޔަންކާކަން ނުވަތަ އާ ބަތަލާއެއްކަން އަދި ސާފެއް ނުވެ އެވެ.

ކުރިން އަޑުތައް އެރި ގޮތުގައި އެ ފިލްމުން ފެނިގެން ދާނީ ޝާހު ނަމަވެސް އޭނާ އެފިލްމުގައި މަސައްކަތް ނުކުރާން ނިންމީ، ޝާހު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ޒީރޯ" އަށް ބޮޑު ނާކާމިޔާބެއް ލިބުމުން ކަމަށްވެ އެވެ. އަދި މިހާރު ފިލްމެއްގައި މަސައްކަތް ކުރަން ކަނޑައެޅުމުގެ ކުރިން ޝާހު ވަރަށް ގިނަ ކަންކަމަށް ބަލަމުން އަންނަ ކަމަށް ވެސްވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ރަންބީރު ކަޕޫރުގެ "ސަންޖޫ" ޑައިރެކްޓް ކުރި ރާޖް ކުމާރް ހިރާނީ އާއެކު ޝާހު މަސައްކަތްކުރަން އަންނަނީ ތައްޔާރުވަމުންނެވެ. ރާޖް ކުމާރު ހިރާނީ އަކީ ސަންޖޫ ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ޑައިރެކްޓަރެކެވެ.

ސަންޖޫގެ ކާމިޔާބަށް ފަހު ރަންބީރަށް ވެސް ބޮލީވުޑުން ރަނގަޅު ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ލޯބިވެރިޔާއާއެކު އޭނާ ފެނިގެން ދާނެ ފުރަތަމަ ފިލްމު "ބްރަހްމަސްތުރާ" ގެ ޝޫޓިންގަ އެވެ.
ހިޔާލު