Actor Girish Karnand maruvehje
image
ގިރިޝް ކާނަންދު--
0 ކޮމެންޓް
 

އެކްޓަރު ގިރިޝް ކާނަންދު މަރުވެއްޖެ

އިންޑިއާގެ ކުރީގެ އެކްޓަރު އަދި ޑައިރެކްޓަރު ގިރިޝް ކާނަންދު މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން މިއަދު ހެނދުނު ގިރިޝް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރޭގަ އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 81 އަހަރެވެ.

ކަންނަޑާ ފިލްމު، ސަމްސްކާރާ އިން 1970 ވަނަ އަހަރު ފިލްމީ ދާއިރާ އަށް ގިރިޝް ނުކުތްއިރު އެފިލްމަކީ ކަންނަޑާ ސިނާމާ އިން ފުރަތަމަ ޕްރެސިޑެންޓްސް ގޯލްޑެން ލޮޓަސް އެވޯޑު ލިބުނު ފިލްމު ވެސް މެއެވެ. އޭގެ އިތުރުން ވެސް ބައެއް ޓީވީ ޝޯތަކުގައި މަސައްކަތް ކޮށްފައިވާ ގިރިޝް ޑައިރެކްޓަރެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރީ 1971 ވަނަ އަހަރު "ވަމްޝާ ވިރިޝްކާ" ގައެވެ.

އިންޑިއާގެ ސަރުކާރުން ދޭ ޕަދްމާ ޝްރީ އާއި ޕަދްމާ ބޫޝަން އެވޯޑު ވެސް ހޯދާފައިވާ ގްރިޝް ވަނީ ހަތަރު ފިލްމު ފެއާ އެވޯޑެއް ވެސް ހޯދާފަ އެވެ. އޭގެ ތެރެއިން ތިން އެވޯޑަކީ ކަންނަޑާ ފިލްމު އިންޑަސްޓްރީ ގައި ހުރި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑެވެ. އަދި އަނެއް އެވޯޑަކީ އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑެވެ.

އޭގެ އިތުރުން އޭނާ އަކީ ފާހަގަކޮށްލެވޭ ލިޔުންތެރިއެއް ވެސް މެއެވެ. ގިރިޝް ވަނީ ދިހައަކަށް ވުރެ ގިނަ ފޮތްވެސް ލިޔެފަ އެވެ. އަދި ނޫސްވެރިންނާއި ލިޔުންތެރިންނަށް އިންޑިއާގައި ކުރާ ފުރައްސާރަ އާއި އަނިޔާއާ ދެކޮޅަށް ފާޅުގައި ނުކުމެ އޭނާ ވަނީ އަޑުވެސް އުފުލާފަ އެވެ.

ގިރިޝް މަރުވިއިރު އޭނާގެ އަންހެނުންނާއި ފިރިހެން އަދި އަންހެން ދަރިއަކު ވެސް ދުނިޔޭގައި އެބަހުއްޓެވެ. ފިރިހެން ދަރިފުޅަކީ އިންޑިއާގެ ލިޔުންތެރިއެއް އަދި ނޫސްވެރިއެކެވެ. އަންހެން ދަރިފުޅަކީ ކެންޔާގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ.
ބޮލީވުޑް މަރު
ހިޔާލު