Muslim kujjaku rape koh maraali 6 Hindu inn ge mahchah kuh saabithu vejje
image
މިދިޔަ އަހަރު އެ ކުއްޖާ ރޭޕްކޮށް މަރާލުމުން މުޒާހަރާ ކުރި--
0 ކޮމެންޓް
 

ކަޝްމީރުގައި މުސްލިމް ކުއްޖަކު ރޭޕްކޮށް މަރާލި ހަ ހިންދޫއިންގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިންޑިއާގެ ކަޝްމީރުގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައަކާ ގުޅިގެން ހަ ފިރިހެނުން ކުށްވެރިވާ ކަމަށް ކޯޓުން ކަނޑައަޅައިފި އެވެ.
އެގޮތަށް ކަނޑައެޅީ ޕަންޖާބް ސްޓޭޓުގެ ހާއްސަ ކޯޓަކުން މިއަދެވެ. ހިންދީ ދީނަށް ނިސްބަތްވާ އެ ހަ ފިރިހެނުން މިދިޔަ އަހަރު ރޭޕްކޮށް މަރާލާފައި ވަނީ މުސްލިމު އަވަށަކަށް ނިސްބަތްވާ ކުއްޖެކެވެ.

އެ ހާދިސާގެ ތަހުގީގުން އެނގުނު ގޮތުގައި އެކުއްޖާ ރޭޕްކޮށް މަރާލާފައި ވަނީ މުސްލިމުންނާ މެދު ނަފުރަތުވާ ބަޔަކު ދުރާލާ ރާވައިގެންނެވެ.

އެކުއްޖާގެ މަރާއެކު ކަޝްމީރުގެ އެ ސަރަހައްދުގައި މިދިޔަ އަހަރު ހަމަނުޖެހުން އުފެދުނެވެ. އެހެންކަމުން މިއަދު ކޯޓުން މައްސަލަ ނިންމިއިރު ސަލާމަތީ ކަންކަން އޮތީ ވަރުގަދަ ކޮށްފަ އެވެ.

އެކަމުގައި ހަ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އުމުރުން އަށާރަ އަހަރު ނުވާ ކުއްޖެއްގެ މައްސަލަ ފަށަން އޮތީ ތައްޔާރުވެފަ އެވެ. އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ނިންމާފަ އެވެ.

މިއަދު ކުށްވެރިވި ހަ މީހުންނަށް ހަމަ މިއަދު ވަކިން ބާއްވާ އަޑުއެހުމެއްގައި ހުކުމް ކުރާނެ އެވެ. އެމީހުންނަށް އޮތް އެންމެ ކުޑަ އުގޫބާތަކީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ. އަދި އެންމެ ބޮޑު އުގޫބާތަކީ މަރުގެ ހުކުމެވެ.
މުސްލިމުން އިންޑިއާ
ހިޔާލު