Vicky furathama faharah biruveri film akun
image
ވިކީގެ ފުރަތަމަ ބިރުވެރި ފިލްމުގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

ވިކީ ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމަކުން!

ބޮލީވުޑުގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، ވިލީ ކޯޝަލަށް ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އިންސްޓަގްރާމު މެދުވެރިކޮށް ބައެއް ޕޯސްޓަރުތައް ހިއްސާކޮށް ވިކީ ވަނީ "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 15 ގައި ކަމަށް ބުނެފަ އެވެ.

ޑައިރެކްޓަރު ބަނޫ ޕްރަތާބް ސިން ޑައިރެކްޓު ކުރާ އެ ފިލްމު ހާއްސަވާ ސަބަބުތައް އެބަހުއްޓެވެ. އެގޮތުން ލޯބީގެ ފިލްމުތައް އާންމުކޮށް ޕްރޮޑިއުސް ކުރާ ކަރަން ޖޯހަރަކީ މި ފިލްމުގެ ޕްރޮޑިއުސަރެވެ. މިއީ ކަރަން ވެސް ބިރުވެރި ފިލްމެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމަކީ މުމްބާއީގައި ކުރިން ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ނެރޭ ފިލްމެކެވެ. ފިލްމުގެ ލީޑު ބަތަލާގެ ރޯލުން ބޫމީ ފެޑްނެކާ ފެނިގެނިގެންދާ އެފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަނުގެ މަސައްކަތެވެ.

އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ" ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ. އަދި ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ތަހުތު" ގައި މަސައްކަތް ކުރަން ވެސް އޭނާ އަށް ހުށަހަޅާފައިވެ އެވެ.
ހިޔާލު