Ingireysi Raanee Maltagai Dhiri Ulhuvvi Ganduvaru Vikkaalanee
image
އިނގިރޭސި ރާނީ އާއި އިނގިރޭސި ޝާހީ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވި ގަނޑުވަރު---
0 ކޮމެންޓް
 

އިނގިރޭސި ރާނީ މޯލްޓާގައި ދިރިއުޅުއްވި ގަނޑުވަރު ވިއްކާލަނީ

މޯލްޓާގައި އިނގިރޭސި ރާނީ އާއި އިނގިރޭސި ޝާހީ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވި ގަނޑުވަރެއް ވިއްކާލަން އިއުލާންކޮށްފި އެވެ.
ވިލާ ވާދެމެންގިއާ ވިއްކާލަން އިއުލާން ކޮށްފައިވަނީ ހަ މިލިއަން ޔޫރޯއާ ގާތް ކުރާ އަގަކަށެވެ.

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އެގަނޑުވަރުގައި ދިރިއުޅުއްވާފައި ވަނީ ފިރިކަލުން ޕްރިންސް ފިލިޕް އިނގިރޭސި ކަނޑުގެ ސިފައިންގެ ތެރޭގައި ހިދުމަތް ކުރެއްވި އިރެވެ. އެއީ 1949 އިން 1951 އަށެވެ. އޭރު ފިލިޕް މަސައްކަތް ކުރެއްވީ މޯލްޓާގައި ތިބި ކަނޑުގެ ސިފައިންގެ އޮފިސަރެއްގެ ގޮތުގަ އެވެ.

1560 އަކަ މީޓަރު ސަރަހައްދެއްގައި އެ ގަނޑުވަރު ބިނާކޮށްފައި ވަނީ 1900 ގައެވެ. ގަނޑުވަރު މިހާރު ހުރީ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފަ އެވެ. އިނގިރޭސި ޝާހީ އާއިލާގެ ބައެއް ބޭފުޅުން އެ ގަނޑުވަރުގައި އުޅުއްވަމުން ގެންދެވީ ކުއްޔަށެވެ.

އިނގިރޭސި ރާނީ 2015 ވަނަ އަހަރު މޯލްޓާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގަނޑުވަރު ބައްލަވާލައްވަން ވަޑައިގެންނެވި އެވެ.

ގަނޑުވަރު ވިއްކާލާ އިރު އެ ގަނޑުވަރު ސަރުކާރުން ނެގުމަށްފަހު ތާރީހީ ތަނެއްގެ ގޮތުގައި ބެލެހެއްޓުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އިނގިރޭސި ވިލާތް
ހިޔާލު