Adeeb ge beys faruvaage thafseel haama kurumun ithubaaru bodu vaane: Prisons Commissioner
image
ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒު-- ފޮޓޯ: ރާއްޖެ އެމްވީ
2 ކޮމެންޓް
 

އަދީބުގެ ބޭސް ފަރުވާގެ ތަފްސީލް ހާމަ ކުރުމުން އިތުބާރު ބޮޑުވާނެ: ޕްރިޒަންސް ކޮމިޝަނަރު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްތައް ހާމަ ކުރުމުން ރައްޔިތުންގެ އިތުބާރު ބޮޑުވެގެން ދާނެ ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒު ވިދާޅުވެއްޖެ އެވެ.
އަދީބު ބޭހަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައި ވަނީ އިއްޔެ އެވެ. އެއާއެކު ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ. އަދި ޕްރިޒަންސް ކޮމިޝަނަރު މަޖިލިހަށް ހާޒިރު ކުރަން ކުއްލި މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގައި މިހާރު ބަހުސް ކުރަމުންދާއިރު، މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ ބޭސް ފަރުވާގެ ކަންކަން ހަމަޖެހިފައިވާ ގޮތާ ބެހޭ ބައެއް މައުލޫމާތު އަދި ހާމަ ނުކުރާ ކަމަށެވެ. އެ މައުލޫމާތު ހާމަ ކުރުމުން ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.

"ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު އަށް ބޭސް ފަރުވާގެ ހައްގު ކަށަވަރުކޮށް ދިނުމުގައި އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާ ބެހޭ ގޮތުން މިވަގުތު އަދި ހާމަ ނުކުރާ މައުލޫމާތު އެބަ ހުރި. އެކަންކަން ހާމަ ކުރެވުމުން އިތުބާރު ބޮޑުވެގެން ދާނެކަން ޔަގީން،" މިއަދު ހެނދުނު މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.


އަދީބު ބޭހަށް ރާއްޖެ އިން ބޭރަށް ދިޔުމަށް ހުއްދަ ދިނުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ. އެއާއެކު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ބޭސް ފަރުވާ އަށް ބޭރަށް ދާއިރު އަދީބާއެކު ފުލުހުންނާއި ކަރެކްޝަންސްގެ އޮފިޝަލުން ދާނެ ކަމަށެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވަން ހުއްދަ ދިނުމުގެ ކުރިން، ތަފާތު ތިން ޑޮކްޓަރުންނަށް ދައްކައި އެ މީހުންގެ ލަފާ ހޯދާފައިވާ ކަމަށް ޓްވިޓާގައި ނަޝްވާ ވިދާޅުވި އެވެ. އެގޮތުން އެ ތިން ޑޮކްޓަރުން ވެސް ލަފާދެއްވީ އަދީބުގެ ލޮލަށް ދިމާވެފައިވާ މައްސަލަތަކުގައި ފަރުވާ ހޯދުމަށް ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ދިއުމަށް ކަމަށް ވިދާޅުވި އެވެ.

ތިން ޑޮކްޓަރުންގެ ލަފާ ހޯދުމަށް ފަހު، އަދީބު ބޭރަށް ފޮނުވަން ނިންމުމުގެ ކުރިން ސަރުކާރުން ގްލޮކޯމާ ސްޕެޝަލިސްޓެއް އައިޖީއެމްއެޗަށް ގެނެސް އަދީބުގެ ހާލަތު ބެއްލެވި ކަމަށް ނަޝްވާ ވިދާޅުވި އެވެ. އަދި އޭނާ ވެސް ލަފާދިނީ ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

އެގޮތުން މެޑިކަލް ބޯޑުން އަދީބު ރާއްޖޭން ބޭރަށް ފޮނުވަން ހުއްދަ ދޭން ނިންމީ އެ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ވެއެވެ. އަދީބް ބޭސްފަރުވާ އަށް ދާއިރު، އޭނާ އާ އެކު ފުލުހުންނާއި ކަރެކްޝަންސްގެ އޮފިޝަލުން ދާނެ ކަމަށް ނަޝްވާ ވިދާޅުވި ނަމަވެސް އެ އެކަމާއި ގުޅޭ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އަދީބުގެ ހުކުމް ބާތިލް ކުރީ ޗުއްޓީގައި ހުރެ، ފަނޑިޔާރު ޝުޖާއު ކޯޓަށް ވަޑައިގެން!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރި އިރު، އެ މައްސަލަތަކުގެ ތެރެއިން އެންމެ ފަހު މައްސަލަ، ހައި ކޯޓުން ބާތިލް ކުރި ގޮތާއި މެދު ސުވާލު އުފެދިއްޖެ އެވެ.

ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރި ނަމަވެސް، ހައި ކޯޓުން ފަހުން އެ ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެއަށް ފަހު، ފިސްތޯލައެއް ގެންގުޅު މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކުރީ އެވެ.

އެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ސުވާލު އުފެދިފައިވަނީ ތިން ވަނަ މައްސަލަ ކަމަށްވާ، ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ހިޔާނާތްތެރިވިކަން ސާބިތުވުމުން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރި ގޮތާއި މެދު އެވެ.

އެގޮތުން މެއި މަހުގެ 30 ވަނަ ދުވަހު ހައި ކޯޓުން އެ ހުކުމް ބާތިލް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރޭގައި އަދީބުގެ ހުކުމް ބާތިލް ކުރީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަގުލަބިއްޔަތުންނެވެ.

އެ މައްސަލާގައި ސުވާލު އުފެދިފައިވަނީ، ޗުއްޓީގައި ހުންނެވުމަށް ފަހު އިސް ފަނޑިޔާރު ޝުޖާއު ސީދާ އެ މައްސަލަ ބެއްލެވުމަށް ކޯޓަށް ވަޑައިގެންނެވުމުންނެވެ. އަދި އެ މައްސަލަ އަށް ފަހު އަލުން އެނބުރި ފަނޑިޔާރު ޗުއްޓީގެ ބާކީ ބަޔަށް ވަޑައިގެންނެވީ އެވެ. އެހެންކަމުން ސީދާ އެ މައްސަލަ އަށް އެކަނި އިސް ފަނޑިޔާރު ވަޑައިގެންނެވުމުން، އެ ކަމުގައި އެހެން ކަންތައްތަކެއް ނުވަތަ ގޯސްތަކެއް އުޅޭ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

ޗުއްޓީގައި ހުންނެވުމަށް ފަހު އިސް ފަނޑިޔާރު ޝުޖާއު ސީދާ އަދީބުގެ މައްސަ އަށް ކޯޓަށް ވަޑައިގެން، އަދީބު މިނިވަން ކުރުމަށް އަގުލަބިއްޔަތު ހޯއްދަވައި ދެއްވުމަށް ފަހު، އެނބުރި ޗުއްޓީ އަށް ވަޑައިގެންނެވި ނަމަވެސް، ފަހުން ޗުއްޓީ އެއްކޮށް ނުނިމި އުޅެނިކޮށް ރަސްމީ މަސައްކަތަށް އެނބުރި ވަޑައިގެންނެވި ކަން އެނގިފައި ވެއެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔު ވަނީ ތަފާތުވެފަ އެވެ. އެގޮތުން އެ މައްސަލާގައި ހުށަހެޅުނު ހެކިތަކަށް ބަލާއިރު އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ފަނޑިޔާރު ޝުއައިބުގެ ރައުޔުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ މައްސަލާގައި އަދީބާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް އަށް އަހަރަށް އަދި ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވާކަން ފަނޑިޔާރު ޝުއައިބު ފާހަގަ ކުރެއްވި އެވެ.
އަދީބުގެ ޝަރީއަތް
ހިޔާލު

ޣާލިމު

ބަލަ ތީ ރީނދުސްތާނުގެ ޓެރަރިސްޓު ބައިގަނޑު ހިންގާ ޖަރީމާއެއް. އިންތިޚާބުތަކުގަ ހޭދަކުރި ލާރިދިނީ ކާކުބާ. ޢަދި އަދީބު ފުރުވާލަން ހޯމް މިނިސްޓަރަށް ކިތައް މިިލިއަންދިންބާ.

ސިފައިންގެ މީހާ

މުނާޒު ސިފައިންގެ އޮފިސަރަކަށް އުޅެފައި ޑިސިޕްލިން (ބަދުއަޚުލާގީ ތުހުމަތެއް) މައްސަލައެއްގައި ފެތި ސަލާމަތް ނުވެވުނީމަ ކެނޑިގެން އުޅޭއިރު އެނގޭތަ ސިފައިންގެ އޮފިސަރުންގެ ތެރެއިން މާޖަރއިން މަތީ ރޭންކްތަކުގައި ރިޓަޔާރ ކުރީމަ ކަން ނަމުގެ ކުރިއަށް "ރިޓަޔާޑް" މިގޮތަށް ޖަހާފަ ރޭންކް ބޭނުން ކުރެވެނީ ! މީހުން ހާދަ މަލާމާތެއް ކުރެޔޭ ! ހެޔޮނުވާނެ !