Adeeb insaafu ge kuri mahchah genaun yageen kuran salaamathee kankan vaanee hamajassaafa: Home Ministry
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
3 ކޮމެންޓް
 

އަދީބު އިންސާފުގެ ކުރި މައްޗަށް ގެނައުން ޔަގީން ކުރަން ސަލާމަތީ ކަންކަން ވާނީ ހަމަޖައްސާފައި: ހޯމް މިނިސްޓްރީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާ އަށް އިންޑިއާ އަށް ދާއިރު، އަދުލު އިންސާފަށް ހުރަސް ނޭޅޭނެކަން ކަށަވަރު ކުރުމަށް ސަލާމަތީ ކަންކަން ހަމަޖައްސާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިއަދު ހެނދުނު ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސަލާމަތީ ކަންކަން ސަރުކާރުން ވާނީ ހަމަޖައްސާފައި ކަމަށާއި، އަދީބާއެކު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އިންޑިއާ އަށް ދާނެ ކަމަށެވެ.

އަދީބު ބޭރަށް ފޮނުވިޔަސް އަދުލު އިންސާފަށް ހުރަސް ނޭޅޭނެ ކަމަށާއި އިންސާފުގެ ކުރި މައްޗަށް އޭނާ ހާޒިރު ކުރުމަށް ހުރަސް ނޭޅޭނެ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހޯމް މިނިސްޓްރީން ބުނީ އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ނިންމީ ރާއްޖެ އިން ފަރުވާ ކުރެވެން ނެތުމާއެކު ބޭރުން ކަމާ ބެހޭ ފަރާތްތައް ގެނެސްގެން ވެސް އެ މައްސަލަ ހައްލުވެފައި ނުވާ ކަމަށެވެ.

މެޑިކަލް ބޯޑުން އަދީބު ބޭރަށް ފޮނުވަން ނިންމީ ސިއްހީ މާހިރުންގެ ލަފާގެ މަތިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދީބު ބޭރަށް ދާން ހުއްދަ ދިނުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވެފަ އެވެ.

އެކަމާ ގުޅޭ ކުއްލި މައްސަލައެއް މިއަދު މަޖިލިހަށް ވައްދާ، ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒު އެ މަޖިލިހަށް ހާޒިރު ކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މުނާޒު މިއަދު ވިދާޅުވީ އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްތައް ހާމަ ކުރުމުން ރައްޔިތުންގެ އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވަން ހުއްދަ ދިނުމުގެ ކުރިން، ތަފާތު ތިން ޑޮކްޓަރުންނަށް ދައްކައި އެ މީހުންގެ ލަފާ ހޯދާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ރޭ ވިދާޅުވި އެވެ.

އެ ތިން ޑޮކްޓަރުން ވެސް ލަފާ ދެއްވީ އަދީބުގެ ލޮލަށް ދިމާވެފައިވާ މައްސަލަތަކުގައި ފަރުވާ ހޯދުމަށް ވީހާވެސް އަވަހަށް ރާއްޖޭން ބޭރަށް ދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ޑޮކްޓަރުންގެ ލަފާ ހޯދުމަށް ފަހު، އަދީބު ބޭރަށް ފޮނުވަން ނިންމުމުގެ ކުރިން ސަރުކާރުން ގްލޮކޯމާ ސްޕެޝަލިސްޓެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެނައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ޑޮކްޓަރު ވެސް ލަފާދިނީ ވީހާވެސް އަވަހަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ކަމަށް ނަޝްވާ ރޭ ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވި އެވެ.
ހިޔާލު

ދޮންބެއްޔާ

އަދީބަކަސް ޔާމީނަކަސް ގާސިމަކަސް ނަށީދަކަސް އަދި މަވިޔަސްް ބަލިވީމަ ބޭސްފަރުވާ ކުރެވެންޖެހޭނެ. މީހާ ކުރި ކުށަކީ އެއަށް އަދަބު ލިބެންޖެހޭ އެއްޗެއް. އެހެނަސް ނުޙައަްގު އަނިޔާ ދިނުމަށް އެއްވެސް ގާނޫނެއް ހެެެެެެެެެެެެެެދިގެންނުވާނެ. ތިމާ ކިތައްމެ ނުރުހޭމީހަކު ކަމުގައިވިޔަސް އެމީހަކާއިމެދު ބޭއިންސާފުން ކަންކުރުމަށް ރުހިގެންނުވާނެ.
ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރަންޖެހޭ ބޭސްފަރުވާގެ ކަންތައް ގައުމުގައި ހަމަޖެހިފައި ނެތުމަކީ ދައުލަތުގެ މައްސަލައެކެވެ. އެފަދަ ކަންތައް ގައުމުގައި ފުރިހަމަ ވެފައި ނެތްނަމަ އެއްވެސް އިންސާނަކު މަރުވަން ދޫކޮށްލައިގެން ތިބުމަކީ ގަބޫލުކުރެވޭ ކަމެއްތޯއެވެ. ގާނޫނު ތަންފީޒު ނުކުރެވެންވީ ކީއްވެތޯއެވެ. އިންޑިޔާގެ ސަރުކާރުގައި އެދުމުން އަދީބުގެ ބޭސްފަރުވާގެ ކަންތައްތައް ފުރިހަމަކުރުމުގަަަައި ބޭނުންވާ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް އަޅައިދޭނެއެވެ. އަދީބަަަަށް މިލިޓރީ ހޮސްޕިޓަލަކުންވެސް ފަރުވާ ދީފާނެއެވެ.
އަދީބު ފިލާފާނެ ކަމުގައި ެެަެަެަެަެ އަޅުގަނޑަށް ގަބޫލު ނުކުރެވެއެވެ.
ޔާމީނު އޭނާ ހައްޔަރު ކުރާނެކަން އެގިހުރެވެސް އޭނާ ރާއޖެއިން ބޭރުގައި ހުރެފައި ރާއްޖެއައިކަން ފާހަގަ ކުރެވެއެވެ.
ﷲ سبحانه وتعالي ވަނީ އެކަލާނގެ ޒާތުފުޅަށް ވެސް އަނިޔާވެރިކަން ޙަރާމް ކުރައްވާފައެވެ. އަދި އެއްމެހެއި އާދަމުގެދަރިންނަށްވެސް އެކަން ވަނީ ޙަރާމް ކުރައްވާފައެވެ.

ޒަބީބު

މަޖިލިސް މެމްބަރުން އެވިދާޅުވަނީ ވަރަށް ބޮޑު ތެދެކެވެ. އަދީބު "ފިލިޔަދީގެން" ނުވާނެ އެވެ. އެކަމަކު އަދީބު "ފިލުވާދިނަސް" އެންމެ ރަނަގަޅުވާނެ ނޫންތޯއެވެ؟ އަބްދުﷲ ލުތުފީ ފިލުވާ ދިނީ ކާކުތޯއެވެ؟ ލުތުފީ ވެސް ހަމަ ފިލީ ނޫންތޯއެވެ؟ މީ ހުސް ޑްރާމާ ކިޔަން ހެޔޮވާނެ ތޯއެވެ؟ ވިސްނާލާށެވެ މީ ހެދުނު ޑީލުގެ ސަބަބުން ހިނގާ ސިލްސިލާގެ ކަނކަމުގެ ތެރެއިން ބައެއް. އަދީބު އަތުގައި ހުރި ފައިސާއަކީ ހަމަކަށަވަރުން އިންސާނީ ހިތްތަކުގެ ތަޅުދަނޑި ނޫންތޯއެވެ؟ ދެން މަރުތަކުގެ ތަހުޤީޤާއި ދައުލަތުގެ ޚަޒާނާއިން ގެއްލުނު ފައިސާ ހޯދުން ދަތިވުމުގެ ހުއްޖަތާއި ސަބަބް އަދީބު ފިލި ފިލުން ނުވާނީ ކީއްވެތޯއެވެ؟ އަދި ފަނޑިޔާރުނަނާއި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ބޮލަށް ޒިއްމާ ކަނޑާނުލެވެންވީ ކީއްވެތޯއެވެ. އިމްރާން ލައްވަ ޤަނޫނަށް ހުރަސް ނޭޅޭނެކަމަށާއި ސަލާމަތީ ކަންކަން ވަރުގަދަ ކޮއްފައޭ ކިޔައިގެން ބޮޑުބަސް ވެސް އެބުނުވުނީ ނޫންތޯއެވެ؟ ފުރަތަމަ އަދީބޭ ވައްކަމޭ މަރުތަކޭ ކިޔައިގެން ހުރިހާ ވާހަކައެއް ހަރުއަޑުން ދައްކާ މޭޑޭ މުޒާހިރާ ކޮށް ހެދީ ޚުދު އިމްރާން ނޫންތޯއެވެ؟ ދެން މިހާރު އިމްރާން އަދީބު ފިލުވިކަމުގެ ޒިއްމާ އުފުލަން ނުޖެހެންވީ ކީވެއްތޯއެވެ؟ އިމްރާނަށް ނުލިބުނަސް ލިބެންޖެހޭ މީހުންނަށް މަންފާ ވަނީ ލިބި ނިމިފައި ނޫންތޯއެވެ؟ ޕާޓީގެ ޚަޒާންދާރު މައުސޫމް އާއި އަނގަގަދަ މިތުރު މަހްލޫފް ގެ ސަސްޕެންޝަން އުވި އެބޭފުޅުންނަށް ލިބުނު ފައިސާ އަކީ ސުވަރުގޭގެ ގަހަކުން ބިން މޭވާއަށް ބަދަލުވީ ކީއްވެ ތޯއެވެ؟ އަދީބު "ފިލުވާ" ނުދޭންވީ ސަބަބެއް ދެން ނިކަން ދައްކަބަލަށެވެ!! މީ ޖަޒީރާ ރާއްޖެއެވެ. ޖަޒީރާ ރާއްޖޭގައި ކަންހިގާނީ މިގޮތަށެވެ. ވަﷲ އައުލަމް!

އަހުމަދު

ތިޔަ އަދީބުވެއްޖެ މިޤައުމަށް މިހާރު މުޞީބާތަކަށް.. ބައިތުލްމާލުކައިހުސްކޮށްފައި އަދިވެސް ސަލާމަތެއްނެތް.