Dhaandhoo Futsal mubaaraathuge final match maadhamaa rey
image
ގއ. ދާންދޫގައި ކުރިއަށް ގެންދާ ރަމަޒާން ކަޕް ފުޓްސަލް މުބާރާތް 1440 ގެ ސެމީ ފައިނަލް މެޗު ފެށުމަށް ތައްޔާރުވެފައި-- ފޮޓޯ: މިއުޒިކް އެޑިފިކޭޝަން އެންޑް ސްޕޯޓްސް ކުލަބު
0 ކޮމެންޓް
 

ދާންދޫ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ

މިއުޒިކް އެޑިފިކޭޝަން އެންޑް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ގއ. ދާންދޫގައި ކުރިއަށް ގެންދާ ރަމަޒާން ކަޕް ފުޓްސަލް މުބާރާތް 1440 ގެ ފައިނަލަށް ކުލަބު ރިވެންޖާޒް އަދި ޑިވައިން ބޯއިސް ދަތުރުކޮށްފި އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބު ރިވެންޖާޒް އާއި ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ ރޭ ބައްދަލުކުރި މެޗު، 8-0 އިން ކާމިޔާބު ކުރީ ކުލަބު ރިވެންޖާޒް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާއަކީ އެ ކުލަބުގެ ހުސެން ޝަރީފެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޑިވައިން ބޯއިސް އާއި ކުލަބު ޒިޔޯނު ގެ މެޗުގައި ފުރިހަމަ ވަގުތު ނިމުނުއިރު ދެ ކުލަބު ވަނީ 4-4 އިން އެއްވަރު ވެފައެވެ. އެ މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެވެ.

މެޗުގައި ޕެނަލްޓީ ޖަހައިގެން ކުރި ލިބުނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ޑިވައިން ބޯއީސް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޑިވައިން ބޯއީސް ގެ ހުޒައިފަތެވެ.

ފައިނަލަށް ދަތުރު ކުރި ޑިވައިން ބޯއީސް އާއި ކުލަބު ރިވެންޖާޒް އަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ބައްދަލު ކުރި ދެ ޓީމެވެ. ފައިނަލް މެޗު އޮތީ މާދަމާ ރޭ 08:30 ގައެވެ.

މިއުޒިކް އެޑިފިކޭޝަން އެންޑް ސްޕޯޓްސް ކުލަބު ގެ ފޭސްބުކް ޕޭޖުގައި އެ މެޗު ވަގުތުން ދައްކާނެ ކަމަށް އެ ފަރާތުން ބުނެ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

ދެވަނަ އަށް ހޮވޭ ޓީމަށް 25،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10،000 ރުފިޔާ ދޭނެ އެވެ. އޭގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކަށް 1000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

މިއީ މެދުކެނޑުމެއް ނެތި އެ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. އެ މުބާރާތުގެ މަގްސަދަކީ ޒުވާނުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދީ، އެކުވެރިކަން އާލާ ކުރުމެވެ.
ފުޓްސަލް ގއ. ދާންދޫ
ހިޔާލު