Fandiyaarunge jamiyyaa eh ufehdhumah masakkaiy kuranee
image
ސުޕްރީމް ކޯޓު-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
0 ކޮމެންޓް
 

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަން މަސައްކަތް ކުރަނީ

ރާއްޖޭގައި ފަނޑިޔާރުންގެ ޖަމިއްޔާ އެއް އުފެއްދުމަށް ނިންމީ، އެ ޖަމިއްޔާގެ ލިޔެކިޔުންތައް ޔޫތު މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އެއް އުފައްދަން ނިންމީ މޭ 21 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެކަމަށް ބޭނުންވާ ލިޔެ ކިޔުންތައް ވަނީ މިނިސްޓްރީ އަށް ފޮނުވާފަ އެވެ.

އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި ބެހޭ އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދަން ނިންމީ ފަނޑިޔާރުންގެ ގާނޫނުން ލިބިދީފައިވާ ޖަމިއްޔާ ހެދުމުގެ ހައްގުގެ ދަށުންނެވެ.
ކޯޓް ފަނޑިޔާރުން
ހިޔާލު