Kureege Loabiveriyaa Kareena ge Kaivenyah dhauvatheh nulibey: Shahid
image
ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފް އަދި ޝާހިދު--
0 ކޮމެންޓް
 

ކުރީގެ ލޯބިވެރިޔާ ކަރީނާގެ ކައިވެންޏަށް ދައުވަތެއް ނުލިބޭ: ޝާހިދު

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަދި ޝާހިދު ކަޕޫރުގެ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރުގެ ކައިވެންޏަށް ދައުވަތު ނުލިބޭ ކަމަށް ޝާހިދު ބުނެފި އެވެ.
ބަތަލާ ނެހާ ދޫޕިއާ ހުށަހަޅަމުން އަންނަ "ބީއެފްއެފް ވިތް ވޮގް" ގައި ޝާހިދު މިވަނީ ކައިވެންޏާއި އަދި އޭނާގެ ކުރީގެ ލޯބިވެރިންނާއި ގުޅޭ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. ކައިވެނީގެ ވާހަކަތައް ދެކެވެމުން ދަނިކޮށް ނެހާ ވަނީ ކަރީނާގެ ކައިވެނީގެ ޕާޓީއަށް ދައުވަތު ލިބުންތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ޝާހިދު ބުނީ، މިހާރު ވަރަށް ދުވަސްވެފައި ވާތީ ހަނދާން ނުވާ ކަމަށާއި ހީވަނީ ނުލިބޭހެން ކަމަށެވެ.

އެކަމަކު ޝާހިދު އިތުރަށް ބުނީ، ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏަށް އޭނާ އަށް ދައުވަތު ލިބުނު ކަމަށެވެ.

ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން ކައިވެނި ކުރީ 2012 ވަނަ އަހަރެވެ. ދެމީހުންގެ މެދުގައި އުމުރުގެ ބޮޑު ތަފާތެއް ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އެމީހުންނަށް އަމާޒުވެ އެވެ. އެކަމަކު އެކަމަށް މާބޮޑު ސަމާލުކަމެއް ދެމީހުން ކުރެ އެކަކު ވެސް ނުދެ އެވެ. މިހާރު އެމީހުންގެ ކައިވެންޏަށް ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ.

ފިލްމީ ދާއިރާ އަށް ނިސްބަތް ނުވާ މީހަކާއި ޝާހިދު ކައިވެނި ކުރީ 2015 ވަނަ އަހަރެވެ. އެ ކައިވެނި ޕާޓީގައި ކަރީނާ ވެސް ބައިވެރިއެއް ނުވެ އެވެ. ޝާހިދާއި އޭނާގެ އަންހެނުން މީރާގެ މެދުގައި ވެސް އުމުރުގެ ބޮޑު ތަފާތެއް ހުރެ އެވެ. އެކަމަކު އެއީ މުހިއްމު ކަމެއް ނޫން ކަމަށް ޝާހިދު ބުނެ އެވެ. އެމީހުންގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފަ އެވެ.

ޝާހިދާއި ކަރީނާގެ ލޯބީގެ ގުޅުމަކީ ބޮލީވުޑުގައި ފާހަގަކޮށްލެވޭ ގުޅުމެކެވެ. އެގޮތުން ވަކިވުމަށް ފަހު އެކަކު އަނެކަކު ފެންނަ ހިސާބަށް ވެސް ދެތަރިން ކުރެ އެކެއް ވެސް ދާން ބޭނުން ނުވާއިރު ދެމީހުންނާއި ގުޅިގެން ކުރެވޭ ސުވާލުތަކަށް ވެސް ޖަވާބު ދޭން އެމީހުން ބޭނުމެއް ނުވެ އެވެ. 2007 ވަނަ އަހަރު ކަރަން ޖޯހަރުގެ ޝޯ އެއްގައި ކައިވެނީގެ ވާހަކަތައް ވެސް ދެމީހުން ދެއްކި ނަމަވެސް ތިން އަހަރު އެކުގައި އުޅުމަށްފަހު ދެމީހުން ވަނީ ވަކިވެފަ އެވެ. އޭގެ ފަހުން ދެމީހުން އެކުގައި ފިލްމެއް ކުޅެފައި ވަނީ 2016 ވަނަ އަހަރެވެ. އެހެންނަމަވެސް އެފިލްމުގައި ވެސް ދެމީހުން އެކުގައި ސީންއަކުން ފެނިގެން ގޮސްފައެއް ނުވެ އެވެ.
ހިޔާލު