''Raajje in beyrugai Adeeb ge mahchah Dhivehi fuluhunnah baaru hingeynetha?''
image
ކުރީގެ ޕީޖީ މުއިއްޒު.-- ފޮޓޯ: މިހާރު
5 ކޮމެންޓް
 

"ރާއްޖޭން ބޭރުގައި އަދީބުގެ މައްޗަށް ދިވެހި ފުލުހުންނަށް ބާރު ހިންގޭނެތަ؟"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގަންނަވާއިރު އެ ގައުމަށްދާ ދިވެހި ފުލުހުންނާއި ކަރެކްޝަންސް ސާވިސްގެ އޮފިސަރުންނަށް، އަދީބުގެ މައްޗަށް އެއްވެސް ބާރެއް ތަންފީޒު ކުރެވިދާނެތޯ ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު މިއަދު ސުވާލު އުފައްދަވައިފި އެވެ.
މުއިއްޒު މިއަދު ޓްވިޓާގައި ވިދާޅުވީ ދިވެހި ރާއްޖޭން ބޭރަށް އަދީބު ދާއިރު، އެ ގައުމެއްގައި އޭނާ އަށް ތަންތަނަށް ނުދެވޭ ގޮތަށް ހިފަހައްޓާފައި ހުރީ އެ ގައުމުގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އަދީބު ދަތުރުކުރާ ގައުމެއްގެ ކޯޓަކަށް އޭނާ މިނިވަންކުރުމަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލަ ދިވެހި ސަރުކާރަށް ދިފާއު ކުރެވޭނެތޯ ވެސް މުއިއްޒު ވަނީ ސުވާލު އުފައްދައިފަ އެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ގާނޫނީ ވަކީލުންގެ ތެރޭގައި ވެސް ހިމެނޭ މުއިއްޒު ކުރެއްވި ޓްވީޓް އަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު ވެސް ވަނީ ރާއްޖޭން ބޭރުގައި ދިވެހި ސަރުކާރުގެ ބާރު ނުހިނގާނެ ކަމަށް ބުނެފަ އެވެ.


ބޭރު ގައުމެއްގައި އެފަދަ ގޮތަކަށް ބާރު ހިންގަން އުޅެނިފަނަމަ އެކަން ބެލެވޭނީ ހިސާރު ކުރުން ނުވަތަ ރަހީނު ކުރުން އަދި ޓްރެފިކް ކުރުން ފަދަ އަމަލެއްގެ ގޮތުގައި ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރައްވައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވެސް ވަނީ ރާއްޖޭން ބޭރުގައި ދިވެހި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިޝަލުންނަށް ހަރަކާތްތެރިވެވޭނީ ކިހިނެއްތޯ ސުވާލު ކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް އެއްވެސް ބޭފުޅަކު ސާފު ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ.

އެ ކޮމިޝަނުގައި ސީޕީ ހަމީދު ވިދާޅުވީ، އަދީބު ބޭރަށް ދާއިރު ފުލުހުންނާއި ކަރެކްޝަންސްގެ އޮފިޝަލުންގެ ހަތް ބޭފުޅުންގެ ޓީމެއް ދާނެ ކަމަށެވެ. އަދި 24 ގަޑިއިރު އަދީބުގެ ހަރަކާތްތައް އެ އޮފިޝަލުން ބަލަމުން ގެންދާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ޓްރެވަލް ޑޮކިއުމަންޓެއްގައި އަދީބު ބޭސްފަރުވާ އަށް ދާން ހަމެޖިފައިވަނީ އިންޑިއާ އަށެވެ. އެހެންކަމުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ އެކު އެ ދަތުރުގެ ކަންކަން ހަމަޖެއްސުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.
ހިޔާލު

ހުސެން

އިންޑިޔާ އާއި ދިވެހިރާއްޖެ މީމިހާރު އެށްގައުމެއް އެހެންވީމާބާރު ހިގާނެ

ސްސ

އިންޑިޔާ ސިފައިނާ ހަވާލުކުރަންވީ

Ibrahim Shukuree

ޢަޅުގަޑު ސަންދާން ލުތުފީ އާއި އެކު ސިލޯނަށް ބޭހަށް ގޮސް ހުއްޓާ އޭނަ ފިލި މައްސަލައިގަ އަޅުގަޑު ވަޒީފާއިން ކަޑާލީ ތިޔަ ޝަހީދުގެ ފޮރިން މިނިސްޓަރ ކަމުގަ ނޫންތޯ؟ ޢަދި އެއިރު އަޅުގަޑުގެ ވަކީލަކަށް މުއިއްޒު ކޯޓަށް ވަޑައިގެނ އަޅުގަޑުގެ ދިފާއުގައި ވާހަކަ ފުޅު ދައްކަވާފައި ވެއެވެ. އެއިގެ ފަހުން ޕީޖީ ގެ މަގާމު ލިބިވަޑައިގަތުމުން އަޅުގަޑުގެ މައްސަލަ ރިވިއުކޮށް ދިނުމަށް އެދުމުން އަޅާވެސް ނުލެއްވި. ސްޕްރީމް ކޯޓަށް މައްސަ އިސްތިއުނާފަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބަކައިވެސް ނުގަތް. މިހާރު ތިޔަ ދައްކަވާ ވާހަކައިގެ އަމިއްލަ ފުޅު އެޖެންޑާ އެއް އޮތީތޯ އަޅުގަޑަށް ސުވާލު އެބަ އުފެދޭ.

މޮޒިއްލާ

ޓިދާ މީހުންގެ އަތަށް ފުއްދީފަ އަދީބު ފިލާނި އެމީހުން އަންނާނީ ހުސްއަތާ

ކޮލެޖު ބޯއި

ބަލަ އަދީބު އެފޮނުވަނީ ބޭރު ގައުމަކަށް ނޫން. ފޮނުވަނީ އިންޑިއާ އަށް،. އިންޑިއާ ގައި ރާއްޖޭގެ ބާރު ހިނގާނެ.