Fandiyaarunge jamiyya ufehdhumuga suvaalu ufedhey kan thah thakeh!
image
ޔޫތު މިނިސްޓަރ މަހްލޫފު-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އޭޖީގެ ލަފާ ހޯދަނީ

ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެކަމާއި މެދު ގޮތެއް ނިންމަވާނީ އެޓާނީ ޖެނެރަލް (އޭޖީ) ގެ ލަފާގެ މަތިން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމާފައި ވާތީ އެކަމާއި ގުޅިގެން މިނިސްޓަރު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމަށްޓަކައި ބޭނުންވާ ލިޔުންތައް މިދިޔަ މަހުގެ ފަހުކޮޅު ޔޫތު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ހަދާ އެ ޖަމިއްޔާގެ މަގްސަދެއް ކަމަށް ޑީޖޭއޭއިން ބުނީ ފަނޑިޔާރުންގެ މިނިވަންކަން ހިމާޔަތް ކުރަން މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ އިމްތިޔާޒުތައް ހިމާޔަތް ކުރަން މަސައްކަތް ކުރުމެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމާފައިވާއިރު ބާ ކައުންސިލެއް އުފެއްދުމަށްޓަކައި ޤާނޫނީ ފަންނުގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.
ހިޔާލު