Esha Deol ge dhevana dharifulhah nan kiyaifi
image
އީޝާ ޑިއޯލް---
0 ކޮމެންޓް
 

އީޝާ ޑިއޯލްގެ ދެވަނަ ދަރިފުޅަށް ނަން ކިޔައިފި

މަޝްހޫރު އެކްޓަރު ދަރުމެންދުރަ އަދި ހޭމާ މާލިނީގެ އަންހެން ދަރިފުޅު އަދި އެކްޓަރެސް އީޝާ ޑިއޯލް އޭނާގެ ދެވަނަ ދަރިފުޅަށް ނަން ކިޔައިފި އެވެ.
މިމަހު 10 ވަނަ ދުވަހު އީޝާ އަށް އަންހެން ކުއްޖެއް ލިބިފައިވާއިރު ގިނަ ބަޔަކު ތިބީ ދަރިފުޅަށް ކިޔާނެ ނަމެއްގެ އިންތިޒާރުގަ އެވެ. އެގޮތުން އީޝާ މިހާރު ދަރިފުޅަށް ކިޔާ ނަން ހާމަކޮށްފައިވާއިރު އެކުއްޖާއަށް ކިޔަނީ މިރާޔާ އެވެ.

އުމުރުން 37 އަހަރުގެ އީޝާ ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރު ބާރަތު ތަހުތާނީ އާއެވެ. އެދެމީހުނަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ 2017 ވަނަ އަހަރު އޮގަސްޓު 23 ގައެވެ. އެފަހަރު ވެސް އެދެމީހުންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

ދެހާހުގެ ކުރީކޮޅު ބޮލީވުޑުން މަޝްހޫރުކަން ހޯދި އެކްޓަރު އީޝާގެ އާ ފިލުމެއް ނުފެންނަތާ މިހާރުވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 'ކެއާ އޮފް ފުޓްޕާތު 2' އިންނެވެ.
އީޝާ ޑިއޯލް
ހިޔާލު