Inguraidhoo dhaairaage member Hassantey accident vejje
image
ހަސަންޓޭ އެކްސިޑެންޓުވެ އަނިޔާވެފައި-- ފޮޓޯ: ނުހާ/ޓްވީޓާ
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަންޓޭ އެކްސިޑެންޓުވެއްޖެ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އިނގުރަދޫ ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ ހަސަން މުހައްމަދު (ހަސަންޓޭ) އެކްސިޑެންޓުވެއްޖެ އެވެ.
މެމްބަރު ހަސަން އެކްސިޑެންޓުވެފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. މައުލޫމާތު އިނގޭ ފަރާތަކުން ސީއެންއެމް އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓުގައި އަނިޔާވުމުން ރޭ ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

އެކްސިޑެންޓުގައި މެމްބަރު ހަސަންގެ ނިއްކުރި ފަޅައިގެން ގޮސްފައިވާއިރު ވާއަތު ފައިގެ ކަށިމަތި މަތި ވެސް ވަނީ ފްރެކްޗާ ވެފަ އެވެ.

"މިހާރު އޮތީ ނިދިފަ، ފުދޭވަރަކަށް ތަދުވާތީވެ އުޅެނީ،" އިނގުރައިދޭ ދާއިރާ އަށް ނިސްބަތްވާ އެމީހާ ސީއެންއެމް އަށް ކިޔައިދިނެވެ.

އެމީހާ ބުނީ، މެމްބަރު އެކްސިޑެންޓުވީ، ސައިކަލުގައި ދަނިކޮށް ވެއްޓިގެން ކަމަށާއި އެކަމަކު ވެއްޓެން ދިމާވި ސީދާ ސަބަބު ނޭނގޭ ކަމަށެވެ.
ހިޔާލު

ކޭބަލް ކާރު

ޖާބިރު ނަމަ ބުނާނެ ހޮނޑައިދޫ ވެގެން ކެނޑުނީޔޭ

ހިނި އަންނަނީ

ތަދަކީ ފުދޭއެއްޗެއްބާ😂