Kuhjakah jinsee goanaa kuri meehaku dhe hafthaa fahun hayaru kohfi
image
0 ކޮމެންޓް
 

ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ދެ ހަފްތާ ފަހުން ހައްޔަރު ކޮށްފި

އއ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ މިއަދު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވެނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެ ފިރިހެން މީހާ ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރާ މައްސަލަ ހުށަހެޅިތާ ދެހަފްތާ ފަހުން ވެސް، ލިޔެކިޔުންތައް ނުލިބޭތީ ކަމަށް ބުނެ އޭނާ ހުރީ ހައްޔަރު ނުކޮށެވެ.

އެ މީހާ ގެންގުޅޭ މޮބައިލް ފޯނާއި، ޑިޖިޓަލް ވީޑިއޯ އަދި ފޮޓޯ ރައްކާ ކުރާ ޑިވައިސް، އަދި އިލެކްޓްރޯނިކް ސާމާނުތައް ބަލާ ފާސް ކުރުމުގެ އަމުރެއް ވެސް ފުލުހުން ކުރިން ހޯދި އެވެ.

އއ. އަތޮޅުގެ ރަށެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ބައްޕަ ޖިންސީ ގޯނާ ކުރުމުން އަމިއްލަ އަށް ގޮސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރުމުން، ތަހުގީގު ކުރިއަށް ދަނިކޮށް އެހެން ބަޔެއްގެ ޖިންސީ ގޯނާގެ ޝިކާރައަކަށް އެ ކުއްޖާވީ މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުންނެވެ.
ހިޔާލު