Kurin ufahdhaafaivaa jamihya akee fandiyaarunge gaanoonuge dhashun ufahdhaafaivaa jamihyaaeh noon: DJA
image
ޑީޖޭއޭ: ފަނޑިޔާރުންގެ ޖަމިއްޔާ އެޕްލިކޭޝަން ލަސްކުރަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނޭ.-- ފޮޓޯ: މުހައްމަދު ޝަރުހާން
1 ކޮމެންޓް
 

ކުރިން އުފައްދާފައިވާ ޖަމިއްޔާ އަކީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޖަމިއްޔާއެއް ނޫން: ޑީޖޭއޭ

ފަނޑިޔާރުންތަކެއް އިސް ނަގައިގެންކުރިން އުފައްދާފައިވާ ޖަމިއްޔާ އަކީ، ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށް ނުވެލެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ޑީޖޭއޭން ނެރުނު ބަޔާނެއްގައި ބުނީ، 2008 ވަނަ އަހަރު ފަނޑިޔާރުންތަކެއް އިސް ނަގައިގެން އުފައްދާފައިވާ ޖަމިއްޔާ އަކީ ފަނޑިޔާރުންގެ ގާނޫނު އައުމުގެ ކުރިން އުފެއްދި ޖަމިއްޔާއެއް ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާ އަކީ، ފަނޑިޔާރުންގެ ގާނޫނުގައި ބުނާފަދައިން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުން ތަމްސީލުކުރާ ޖަމިއްޔާއެއް ނޫން ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުނ، ފަނޑިޔާރުންގެ މިނިވަންކަން ހިމާޔަތް ކުރަން މަސައްކަތް ކުރުމަށްޓަކައި ޖަމިއްޔާއެއް އުފެއްދިދާނެ އެވެ. އެކަމަކު އުފެއްދޭނީ އެފަދަ އެއްމެ ޖަމިއްޔާއެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.

އޭގެ އިތުރުން ސްޕްރީމް ކޯޓުން 2015 ގައި، ޝަރުއީ ދާއިރާގެ ކްލަބް ޖަމިއްޔާތައް ހެދޭނީ އެ ކޯޓުގެ ހުއްދަ ލިބިގެން އަދި ޑީޖޭއޭގެ ބެލުމުގެ ދަށުން ކަމަށް ބުނެ ސާކިއުލާއެއް ނެރެފައިވާއިރު، މީގެ ކުރިން އުފެއްދި ޖަމިއްޔާ ހިންގުމަށް ސްޕްރީމް ކޯޓުން ހުއްދަ ދީފައި ނެތުމަކީ ވެސް އެ ޖަމިއްޔާ އަކީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާފަދަ ޖަމިއްޔާއެއް ކަމަށް ނުބެލެވޭނެ ސަބަބެއް ކަމަށް ޑީޖޭއޭގެ ބަޔާނުގައި ބުނެ އެވެ.

ކުރިން ރެޖިސްޓްރީކޮށްފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތްތައް ވަކި ހިސާބަކުން އޮތީ ހުއްޓިފަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ޑީޖޭއޭން ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ޔޫތު މިނިސްޓްރީ އަށް ހުށަހެޅުމުގެ ކުރިން އެ މިނިސްޓްރީން ވަނީ ކުރިން އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތްތައް ފެށުމަށް ފަހު ފުރުސަތު ދީފަ އެވެ.

ޑީޖޭއޭން ބުނީ ޖުޑީޝަލް ކައުންސިލްގެ ނިންމުމާ އެއްގޮތަށް އެ ޑިޕާޓްމަންޓުން ފަނޑިޔާރުންގެ ޖަމިއްޔާއެއް ރެޖިސްޓްރީ ކުރަން ހުށަހެޅުމުން، އެ އެޕްލިކޭޝަން ޕްރޮސެސް ކުރުން ލަސްކޮށް، ކުރިން އުފައްދާފައި އޮތް ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއަކީ ވުޖޫދުގައި އޮތް ޖަމްއިއްޔާއެއް ކަމަށް ބަލައި، އެ ޖަމިއްޔާ އަށް އިތުރު ފުރުސަތެއް ދީފައިވަނީ އުސޫލުތަކުގެ ބޭރުން އަދި ސްޕްރީމް ކޯޓުގެ ސާކިއުލާތަކާ ހިލާފަށް ކަމަށެވެ.

ކުރިން ފަނޑިޔާރުންގެ ޖަމިއްޔާއެއް ރެޖިސްޓްރީ ކޮށްފައި އޮއްވާ ޑީޖޭއޭން އެފަދަ އެހެން ޖަމިއްޔާއެއް އުފައްދަން ހުށަހެޅުމުން އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ، ޔޫތު މިނިސްޓްރީން ވަނީ ބަންޑާރަނައިބުގެ ލަފަޔަކަށް އެދިފަ އެވެ.
ހިޔާލު

ކިޔު

އަސްލުވެސް!!؟؟