Sarukaarun guesthouse thah kuriaruvan varah bodu ehbaarulumehdhey: Karam
image
ރާއްޖޭގައި ހިންގާ ގެސްޓް ހައުސް އެއް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސަރުކާރުން ގެސްޓްހައުސްތައް ކުރިއަރުވަން ބޮޑު އެއްބާރުލުމެއްދޭ: ކަރަމް

ސަރުކާރުން ގެސްޓްހައުސްތައް ކުރިއަރުވަން ވަރަށް ބޮޑު އެއްބާރުލުމެއްދޭ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވެއްޖެ އެވެ.
އެ އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާ އިއްޔެ އުނިމާ ގްރޭންޑުގައި ބާއްވާފައިވާއިރު، އެހަފްލާގައި ވާހަކަދައްކަމުން ކަރަމް ވިދާޅުވީ މީގެ ކުރިން ސަރުކާރުން ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީއަށް އެއްބާރުލުން ނުލިބުނު ނަމަވެސް މިސަރުކާރުން އެކަމަށް ވަރަށް އެއްބާރުލުން ދޭ ކަމަށެވެ.

އެގޮތުން ކަރަމް ވިދާޅުވި ގޮތުގައި ގެސްޓްހައުސް އިންޑަސްޓްރީގެ ބޭފުޅުން ފާހަގަކުރާ އެއް ކަމަކީ ފައިނޭންސް ހޯދުމުގައި ހުރި ދަތިތައް ކަމަށެވެ. ނަމަވެސް އެސްއެމްއީ ބޭންކް މެދުވެރިކޮށް ސަރުކާރުން އެކަމަށް ހައްލެއް މިހާރު ގެނެސްފައިވާ ކަމަށް ކަރަމް ވިދާޅުވި އެވެ.

އޭގެ އިތުރުން ގެސްޓްހައުސް އިންޑަސްޓްރީ ކުރިއެރުވުމަށް އެމްއެމްޕީއާރުސީގެ ބޯޑަށް އިންޑަސްޓްރީގެ ބޭފުޅަކު އައްޔަން ކޮށްފައިވާ ކަމަށް ވެސް ކަރަމް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން އަންނަނީ ގެސްޓްހައުސް އިންޑަސްޓްރީ ކުރިއެރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފަތުރުވެރިކަން
ހިޔާލު