Sudange Kureege Raesah Hiyaanaathuge Dhauva Kuranee
image
ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު---
0 ކޮމެންޓް
 

ސޫދާންގެ ކުރީގެ ރައީސަށް ހިޔާނާތުގެ ދައުވާ ކުރަނީ

މަގާމުން ދުރުކޮށްފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ މައްޗަށް ހިޔާނާތުގެ ދައުވާ ކުރަން ތައްޔާރުވެއްޖެ އެވެ.
ސޫދާންގެ އެކްޓިން ޕްރޮސެކިއުޓަ ޖެނެރަލް އަލްވަލީދު ސައިދު އަހުމަދު ހޮނިހިރު ދުވަހު އިއުލާން ކުރެއްވި ގޮތުގައި އުމަރު އަލް ބަޝީރަށް ކުރާ ތުހުމަތުތައް އޭނާއަށް މިހާރު ވަނީ އަންގާފައެވެ. އެ ތުހުމަތުތައް ދޮގު ކުރައްވައިފި ނަމަ މި ހަފުތާގެ ތެރޭގައި ޝަރީއަތްތައް ފެށުމަށް އުމަރު އަލް ބަޝީރު ކޯޓަށް ހާޒިރު ކުރާނެ ކަމަށް އަލްވަލީދު ސައިދު އަހުމަދު ވިދާޅުވެފައިވެއެވެ.

އަސްކަރިއްޔާއިން އުމަރު އަލް ބަޝީރު ރައީސް ކަމުގެ މަގާމުން ދުރުކޮށް އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އެޕްރީލު މަހުގެ ތެރޭގައެވެ.

އުމަރު އަލް ބަޝީރުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ބައެއް މީހުން މެރި މައްސަލާގައި އޭނާއާއި ދެކޮޅަށް މިހާރު ވެސް ދަނީ ދައުވާ ކުރަމުންނެވެ.

ސޫދާންގެ އެކްޓިން ޕްރޮސެކިއުޓަ ޖެނެރަލް އަލްވަލީދު ސައިދު އަހުމަދު ވަނީ އުމަރު އަލް ބަޝީރުގެ ސަރުކާރުގެ އިތުރު 41 މީހަކު ތަހުގީގު ކުރަމުންދާ ކަން ވެސް ހާމަ ކުރައްވާފައެވެ.
ސޫދާން
ހިޔާލު