July mass nimumuge kurin taxi thakuga meter beynun kuran fashaane
image
ޓެކްސީއެއް-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
0 ކޮމެންޓް
 

ޖުލައި މަސް ނިމުމުގެ ކުރިން ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފަށާނެ

ފެށޭ ޖުލައި މަސް ނިމުމުގެ ކުރިން ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓެކްސީ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ހަދަން މިހާރު ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އޮތްއޮރު، މިމަސް ނިމުމުން ރަނގަޅު އެޕްލިކޭޝަނެއް ހިޔާރު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޓެކްސީ މީޓަރުގެ އަގުތައް ކަނޑައަޅާފައިވީ ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ އަގުތައް އިއުލާން ކުރާނީ ޓެކްސީ އެޕްލިކޭޝަނުގެ މައުލޫމާތާއެކު އަންނަ މަހުގައި ކަމަށެވެ.

ޓެކްސީ މީޓަރުގެ ގޮތުގައި މިބައިލް އެޕްލިކޭޝަނެއް ބޭނުން ކުރަން ހަމަޖެހިފައިވާއިރު، މިހާރު ވެސް ރާއްޖޭގައި ޓެކްސީ ކުރަން ބައެއް ފަރާތްތަކުން އެޕްލިކޭޝަން ބޭނުން ކުރެ އެވެ.

މިހާރު ޓެކްސީތަކުން ބޭނުން ކުރާ އެ އެޕްލިކޭޝަންތަކުގެ ޓެކްސީ ބުކް ކުރުން ފަދަ ހިދުމަތް ލިބޭއިރު، އެ ހުރިހާ އެޕެއް ވެސް ބޭނުން ކުރަނީ މިނިސްޓްރީގެ ހުއްދަ އާއެކު އެވެ.
ހިޔާލު