Sports council uvaalaifi
image
ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފު-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ސްޕޯޓްސް ކައުންސިލް އުވާލައިފި

ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ސްޕޯޓްސް ކައުންސިލް އުވާލައިފިއެވެ.
ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ފާސްކޮށްފައިވާ ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލުމަށް ބުނެފައިވާ ސްޕޯޓްސް ކައުންސިލް ޤާނޫނާއި އެއްގޮތަށް އެކުލަވާލުމަށްޓަކައި މިހާރު އޮތް ކައުންސިލް އުވާލެވިފައިވާ ކަމަށެވެ. ދެން ސްޕޯޓްސް ކައުންސިލް އެކުލަވާލާނީ އިންތިޚާބު ކުރަންޖެހޭ މެންބަރުންނާއި އެކުގައި ކަމަށްވެސް މަހްލޫފްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ގާނޫނުގައި ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކުޅިވަރާއި ބެހޭ ޤައުމީ މަޖިލީހެއް ނުވަތަ ސްޕޯޓްސް ކައުންސިލެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އެ ކައުންސިލް ނުވަތަ ގައުމީ މަޖިލިސް އެކުލަވާލާނީ ކުޅިވަރާއި ބެހޭ ވަޒީރު ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

ކައުންސިލްގައި ހިމެނެނީ ކުޅިވަރާ ބެހޭ ވުޒާރާ އިން މިނިސްޓަރު އައްޔަންކުރައްވާ ދެ ބޭފުޅަކާއި، ކުޅިވަރާ ބެހޭ ވަޒީރު އައްޔަންކުރައްވާ އަންހެން ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ ގާނޫނީ ވަކީލަކާއި، އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލް ކުރުމަށް އެ ވުޒާރާގެ ވަޒީރު އައްޔަންކުރައްވާ މެންބަރަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސައްކަތަކީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެތުލީޓުން ކުރިއަރުވައި ތަރައްގީކުރަން މަސައްކަތް ކުރުމެވެ. ސްޕޯޓްސް ކައުސިލްގެ ރައީސަކީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އިބްރާހީމް އިސްމާއީލެވެ.
ކުޅިވަރު
ހިޔާލު

ބޮޑޭ

ނުފޫޒް ބޭނުން ކޮށްލީ މިސަރުކާރުގަ ކަންކަން އޮންނަނީ މިގޮތަށް ގާނޫނާ ހިލާފަށް ކަންކަން ކުރަން ދެންތިބި މީހުން އެއްބަސް ނުވެށް ޖިއްޔާ ބޭރުކޮށްލާނީ ދެން އަލު ވާނީ އެހެން މީހުންގެ ބޮލުގަ…..ދަށްތަޔާ މާމަޔާ ތިޔަތަނަށް ލައިގެންވެސް ބޭނުން ނޫން ބަޔަކު ތިބި އެސޯސިއޭޞަން އެއް ވެއް ޖިއްޔާ ފުޑާލާ … ކުލިވަރު ނޭގޭ ކުފޫ ހަމަނުވާ މީހުންނަށް މިނިސްޓަރުކަން ދިނީމަ ވާނި މިހެން….