BREAKING NEWS: Fandiyaaru Didi Mahsala Balanee MMPRC Hiyaanaathuge Nafaa Hoadhumaai, Thahugeegakah Huras Elhumun!
image
ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ (މ).-- ފޮޓޯ: މިހާރު
9 ކޮމެންޓް
 

ދީދީގެ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ނަފާ ހޯދުމާއި، ތަހުގީގަކަށް ހުރަސް އެޅުމުން!

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަމުން އަންނަނީ އެމްއެމްޕީއާރު ހިޔާނާތުގެ ނަފާ ހޯދުމުގެ މައްސަލައަކާއި ތަހުގީގަކަށް ހުރަސް އެޅި މައްސަލައެއް ކަން "ސީއެންއެމް" އަށް އެނގިއްޖެ އެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ނަފާ ހޯދުމުގެ ތުހުމަތު ކުރެވޭތީ އެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަން ފުލުހުން އެ ކޮމިޝަނަށް އެންގުމުންނެވެ. އަދި ތަހުގީގަކަށް ހުރަސް އެޅުމުގެ ތުހުމަތުގައި ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަ ސުލޫކީ މައްސަލަ އަކީ ވަކި މައްސަލައެއްގެ ގޮތުން ބަލާ ކަމެކެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ނެގުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިގެން، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް ބުނެ ފުލުހުންގެ ސިއްރު ސިޓީއަކުން ޖޭއެސްސީ އަށް އެކަން އެންގުމުންނެވެ.

އެފަދަ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅިއްޖެ ނަމަ 48 ގަޑިއިރުގެ ތެރޭގައި އެކަމާއި ގުޅިގެން ޖޭއެސްސީން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ކޮމިޝަނުގެ ގާނޫނުގައި ބުނެފައި ވެއެވެ. އެހެންކަމުން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެ އުސޫލުގެ ދަށުންނެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް، ތަހުގީގަކަށް ހުރަސް އެޅުމުގެ ތުހުމަތު ކުރެވިގެން ޖޭއެސްސީން ބަލާ ސުލޫކީ މައްސަލަ އަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅި ކަމަށް މީޑިއާ ތަކުގައި ބުނާ އެއް މިލިޔަން ޑޮލަރުގެ ތަހުގީގަށް ހުރަސް އެޅި މައްސަލައެއް ކަން "ސީއެންއެމް" އަށް ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ އަކީ ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލަ ބަލަން ފެށުމުން، ފަނޑިޔާރު ދީދީ އެ މައްސަލަ ބަލަން ހަވާލުވެ ހުރި އިންވެސްޓިގޭޝަން އޮފިސަރަށް ބިރު ދައްކައިގެން ތަހުގީގު ހުއްޓުވާލި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އެގޮތުން އެ މައްސަލަ ހުއްޓުވާލާފައި އެތައް ދުވަހަކު އޮތުމަށް ފަހު، މިހާރު އެ މައްސަލަ އަލުން ބަލަން ފަށާފައިވާ ކަމަށް ވެއެވެ.

ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން މައްސަލައެއް ނެތް ކަމަށް ބުނާ ސިޓީ ހޯދީ ކުރިން!

ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މައްސަލައެއް ނެތް ކަމަށް ބުނެ ސިޓީ ހޯދީ އެ މައްސަލަ ބަލަން ފެށުމުގެ ކުރިން ކަން ވެސް "ސީއެންއެމް" އަށް ވަނީ އެނގިފަ އެވެ. އެގޮތުން ފަނޑިޔާރު ދީދީ އެ ސިޓީ ހޯދީ މި މަހުގެ ނުވަ ވަނަ ދުވަހު ނުވަތަ 10 ވަނަ ދުވަހު ކަމަށް ވެއެވެ.

އެކަމަކު އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ އާ ފަނޑިޔާރު ދީދީ އާ ގުޅޭ މައްސަލަ ފުލުހުން ބަލަން ފެށީ އޭގެ ފަހުންނެވެ. އެގޮތުން އެ މައްސަލަ ބަލަން ފެށުމަށް ފަހު، ޖޭއެސްސީ އަށް ފުލުހުން ސިއްރު ސިޓީއަކުން އެކަން އެންގީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އެހެންކަމުން ފުލުހުން އެ މައްސަލަ ބަލަން ފެށީ، ފަނޑިޔާރު ދީދީގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް ބުނެ އޭނާ އަށް ސިޓީ ދިން ދުވަހުގެ ފަހުން ކަން "ސީއެންއެމް" އަށް ވަނީ ޔަގީން ކުރެވިފަ އެވެ.

މި މައްސަލަތަކުގެ އިތުރުން ވެސް ފަނޑިޔާރު ދީދީ އާ ގުޅޭ އިތުރު މައްސަލަތައް ހުރި ކަމަށް ވެސް އެނގިފައި ވެއެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލު އަދި ސާފުވާގޮތެއް ނުވެ އެވެ.
ހިޔާލު

އަލީމުހަންމަދު

ވަގަކަށްހާސް ދުވަސް ވެރިޔަކަށް އެއްދުވަސް. މީވަރައް ގިނައިން އަޑު އިވޭބަހެއް. މިފަހަރު ހާކިމުން ސައިޒަށް ތިރި ނުވެއްޖެނަމަ ދެން ކޯޓްތައް އިސްލާހު ކުރެވޭނެ ދުވަހެއް ނާންނާނެ.

މަސްވެރިޔާ

ހީވޭކަމެއްހެން. އެއްކަމެއް ދެކޮޅުނުޖެހިއްޖެއްޔާ އަނެއްކަމެއް. ހީވަނީ ވަގުތު ޖެހުމުން (ބަސްނާހަންޏާ ބޭނުންހިފަން) ފައިލުކޮއް ފޮރުވާފައި ހުރި ކަންތައްތަކެއް އެބަހުރިހެން.

ކޮން ތާކު ކާކު

އެކަކުވެސް ނުބަހަޓާ ހުރިހާ އެއްމެން ބޭރުކުރަންޖެހޭ!

އައްޔަ

ހަމަ ޔާމީނު ކުޅުނު ގޭމް ކުޅެން ފެށީ
ބާރު ނެތް ސަރަހައްދު ތައް ފަތަހަ ކުރަން ފެށީ

އަހުމަދު

ހެއްވާ ދޯ . ޢިއްޔެ އަޑު އިވުނީ އެހެން ވާހަކަ އެއް މިއަދި އެހެން ވާހަކަ އެއް. ކިޔާ އެއްޗެއް ދިމައެއް ނުވޭ . ދެން ކާކު ކޮން ބައެއް ރަނގަޅު ކަމަށް ބުނަންވީ.

މަސާރީ

ޢަދި ހުންނާނެއްނު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ކެމްޕެއިން ކުރި މައްސަލަތައްވެސް

ފިނިފެންމާ

މިފަހަރު ތިޔަތަން ފޮހެލާނަން

އަޑަފި

ކޮބާ އެއްކަލަ އިންޓެލިޖެންސް ރިޕޯޓުގެ ބޭނުން މި ސަރުކާރުން ވެސް މިއޮއްގެން ކުރަނީ އެވެ.

މީދޫކަލޯ

ފުލުހުންނަށް ނުފޫޒުފޯރުވުމުގެ ސިލްސިލާ އަލުން ފެށުނީ.