Fandiyaarun amihla ah, fandiyaaruge islaahu kuran libunu furusathu gehlihje: Fandiyaaru Hathif
image
ސިވިލް ކޯޓުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ފަނޑިޔާރު ހާތިފް (ވ).-- ފޮޓޯ: ސިވިލް ކޯޓް
1 ކޮމެންޓް
 

ފަނޑިޔާރުން އަމިއްލަ އަށް، ފަނޑިޔާރުގެ އިސްލާހު ކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ: ފަނޑިޔާރު ހާތިފް

ފަނޑިޔާރުން އަމިއްލަ އަށް ފަނޑިޔާރުގެ އިސްލާހު ކުރަން ލިބުނު ފުރުސަތު ގެއްލިފައިވާ ކަމަށާއި، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް މިވަގުތު ކުރެވިދާނެ އިތުރު ކަމެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާގައި ހިނގަމުން އަންނަ ކަންތައްތަކާ ގުޅޭގޮތުން ފޭސްބުކްގައި ހާތިފް ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އިތުބާރު އޮތް މުވައްސަސާ ތަކަށް ކަމަށެވެ. އަދި މަސައްކަތަށް އެއްބާރުލުންދީ މަދަދުވެރިކަމާ އެކު ތިބުމަށް ވުރެ އިތުރު ކަމެއް މިވަގުތު ފަނޑިޔާރުންނަށް ކުރެވެން އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ފަނޑިޔާރު ހާތިފް ވިދާޅި އެވެ.

ސިވިލް ކޯޓަށް 2009 ވަނަ އަހަރު އައްޔަން ކުރެއްވި ފަނޑިޔާރު ހާތިފް ވިދާޅުވީ، ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަދުލުއިންސާފުގެ ނިޒާމުން އަދުލުވެރިކަން ނުފެނުން ކަމަށެވެ.

ޝަރުއީ ދާއިރާ ރިފޯމް ކުރުމުގެ ނަމުގައި ފޯރަމެއް ބާއްވައި، އަމިއްލަ އަށް މަގުޗާޓެއް އެކުލަވާލައި؛ ކުރިން ކަމުނުގޮސްގެން އުވާލި ޖޫޑިޝަލް ކައުންސިލްގެ ނަމުގައި އާ ޖުޑިޝަލް ކައުންސިލެއް އުފައްދައި؛ ވުޖޫދުވި މި ޖުޑިޝަލް ކައުންސިލުން އާ ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް މަސައްކަތް ފަށައި، އެތައް އަހަރެއް ވަންދެން ނިދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާ އެއް ސުވާލު އުފެދޭ، ހާމަކަމެއް ނެތް އިޖުރާތުތަކެއްގެ ތެރެއިން ކުއްލިއަކަށް ހޭލާފައި ވަނީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދަނިކޮށް ކަމަށް، ހާތިފް ވިދާޅުވި އެވެ.

ހާތިފް އެހެން ވިދާޅުވީ އިރު ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސްޕްރީމް ކޯޓުން އިސްނަގައިގެން ވަރަށް ފަހުން ވަނީ މަގުޗާޓެއް އެކުލަވާލައިފަ އެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރަން ލިބޭ އެންމެ އަގުހުރި ފުރުސަތަކީ އެ މަގުޗާޓު ކަމަށް އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވިއިރު އެމަނިކުފާނަކީ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމެއް މީޑިއާތަކުން ފާހަގައެއްނުވެ އެވެ. އަދި ހާމަކަން ކުޑަކޮށް ޖުޑީޝަރީގެ ކަންކަން ހިންގެވި އިރު ބަހެއް ވިދާޅުނުވެ ހުންނެވި ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ކިބައިގައި އެފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާކަމަށް ބުނެ ސުޕްރިމް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެމައްސަލަ ބޭރުކޮށްލީ ސުޕްރިމް ކޯޓަށް މައްސަލަ ހުށަހެޅި ގާނޫނީ ވަކީލުންގެ ޓީމަށް ޖަވާބުދާރީވާނެ ފުރުސަތު ވެސް ނުލިބި އެވެ.
ހިޔާލު

ސޮބާ

ވަރަށް ބަރާބަރު ވާހަކައެއް