EU in Raajjeah fiyavalhu naalhan ninmaifi
image
އީޔޫގެ ބައްދަލުވުމެއް ކުރިއަށް ދަނީ--
0 ކޮމެންޓް
 

އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު ނާޅަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެކުލަވާލި ފްރޭމްވޯކް އުވާލާ ރާއްޖެއަށް ފިޔަވަޅު ނާޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމައިފި އެވެ.
އީޔޫއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ފިޔަވަޅު ނާޅަން ނިންމީ ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށެވެ. އެގޮތުން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގެ ހާލަތު ރަނގަޅުވެފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ، ސުލްހަވެރި އަދި ޑިމޮކްރަޓިކް މަޖިލިސް އިންތިހާބެއް ބޭއްވުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ.

ރާއްޖެއަށް ދަތިކުރުމަށް އީޔޫއިން ފްރޭމްވޯކް އެކުލަވާލީ މިދިޔަ އަހަރުގެ ޖުލައި 16 ގައެވެ.

އޭރު ފާސްކުރި އެ ފްރޭމްވޯކުގައި ބުނީ، ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރަގަންނަމުން އަންނަ ކަމަށާއި ގާނޫނުތަކާ ހިލާފަށް ހަމަނުޖެހުން އުފައްދަމުންދާ ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން ސިޔާސީ މިނިވަންކަމަށް ހުރަސް އަޅާތީ އެކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު މެންބަރު ގައުމުތަކަށް ދޭ ކަމަށެވެ.
އީޔޫ ރާއްޖެ
ހިޔާލު