Raees ge bayaanaai eku ethah baehge thaureef!
image
ރައީސް ސޯލިހު އަދި އުއްތަމަ ފަނޑިޔާރު.-- ފޮޓޯ: ރައީސް އޮފީސް
14 ކޮމެންޓް
 

ރައީސްގެ ބަޔާނާއި އެކު އެތައް ބައެއްގެ ތައުރީފް!

އަދުލުވެރި ފަނޑިޔާރުގެއެއް ދިވެހިން ބޭނުންވާކަން ސާފެވެ؛ ރިޔާސީ އިންތިހާބާއި، ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އިން އެކަން ހާމަވެއެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވިސްނުމުގައި ނިކުތް ބޭފުޅުން، ބޮޑުތަނުން ރައްޔިތުން ބަލައިގަތުން އެކަމުގެ ހެތްކަކަށް ފުދެ އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވެފައިވާ ގޮތަށް، ފަނޑިޔާރުން އަމިއްލަ އަށް ފަނޑިޔާރުގެ އިސްލާހު ކުރަން ލިބުނު ފުރުސަތު ގެއްލިފައިވާ ކަމަށާއި، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް މިވަގުތު ކުރެވިދާނެ އިތުރު ކަމެއް މިހާރު ނެތެވެ.

ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް ސްޕްރީމް ކޯޓުން އަތްގަދަކޮށްފައި އޮތުން ވެސް މި ވަނީ މަޖިލީސް އިންތިހާބާއި އެކު ނިމުމަކަށް އައިސްފަ އެވެ. އެކަމަކު އަދި ވެސް ސްޕްރީމް ކޯޓުން އެ ކޯޓުގެ އިހުތިސާސުން ބޭރުން، ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިގެން ޖޭއެސްސީން ތަހުގީގު ކުރަން ފެށުމާ އެކު ސްޕްރީމް ކޯޓުން އެކަން ހުއްޓުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުން ފަސްކޮށް އެ ކޯޓުން އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އަދި އެ އަމުރަށް ފަހު، އެ ކަމާއި ގުޅިގެން ކުރާ ހުރިހާ ކަމެއް ބާތިލް ކަމަށް ބުނެ މިއަދު އިތުރު އަމުރެއް ވަނީ ނެރެފަ އެވެ.

ސްޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތުގެ ތެރެއަށް ވަނުމުން ހިނގި ކަންތައްތަކާއި އެކު، ރައްޔިތުން މިހާތަނަށް ތިބީ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވާނެ އިރަކަށެވެ. އިދިކޮޅުން ވެސް ވަނީ މި މައްސަލާގައި ރައީސް ބަހެއް ވިދާޅުވާން ޖެހޭ ކަމަށް ބުނެފަ އެވެ.

އެގޮތުން މިއަދު ހަވީރު ރައީސް ސޯލިހު އެކަމާއި ގުޅޭގޮތުން މި ވަނީ ވަރަށް ތަފްސީލީ ބަޔާނެއް ނެރުއްވައިފަ އެވެ. އެގޮތުން ޖޭއެސްސީ އަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީން އެކަށައަޅާފައިވާ މުއައްސަސާ ކަމަށްވާއިރު، އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން ޖާވާބުދާރީ ކުރުވޭނޭގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް ސޯލިހުގެ ބަޔާނުގައި ބުނެ އެވެ. އަދި ގާނޫނު އަސާސީގައި ޖޭއެސްސީ ޖަވާބުދާރީ ކުރުމަށް ކަނޑައަޅާފައިވަނީ، އެ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަޅައިގެން ކަމަށް ބުނެފައިވާކަން ރައީސްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

"އެއީ ގާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ގާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫނެވެ،" ރައީސް ސޯލިހުގެ ބަޔާނުގައި ބުނެ އެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރާނޭ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސް އަރުވާ ކަމަށް އެ ބަޔާނުގައި ބުނެ އެވެ. އަދި އަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވައުދުކަމުގައި ވާއިރު، އެ ވައުދު ފުއްދުމަށްކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އަރުވައިފަ އެވެ.

އެއާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ ރައީސް އަށް މަރުހަބާ ދަންނަވަމުންނެވެ. އެގޮތުން ރައީސް ސޯލިހު ވެގެންދާނީ ސްޕްރީމް ކޯޓުގެ ކުރިމަތީގައި ގާނޫނު އަސާސީ ނަގަހައްޓަން ކެރުނު ފުރަތަމަ ރައީސް ކަމަށް ތާރީހުގައި ލިޔެވިގެން ދާނެ ކަމަށް، ގާނޫނު އަސާސީ ޑްރާފްޓް ކުރުމުގައި އިސްކޮށް އުޅުއްވި ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ޓްވިޓާގައި ވިދާޅުވި އެވެ.

ތަޖުރުބާކާރު ގާނޫނީ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން ވެސް ވަނީ ރައީސްގެ ބަޔާން ނެރުމާއެކު މަރުހަބާ ދަންނަވާފަ އެވެ.





ހިޔާލު

އަބޫ

ސަރުކާރަށް ސަނާކިއުންނޫން އެހެން އެއްވެސް ކަމެއް ކުރާ ނޫހެއް ނޫން މީ.

ތާ.

ބަލަ މި ގައުމުގަ އޮތީ އެމް ޑީ ޕީ މީހުން ދޯ. ޢެހެންވީމަ ތާއީދުކުރަން ތިބޭނީވެސް އެމް ޑީ ޕީ މެެހުން.

މަރިޔޯ

ޙިސާން މެންނާ ގިނަ މަންބަރުން މަންބަރު ކަމަށް މިއައީ ލާރި ބަހާއިން..މި ނޫސް ވެސް މި ހިންގަނި ކޮރަޕްޓު ވެގެން ވަކި ކަހަލަ ވަހަކަ ޔެއް ލިޔެނީ ޖަހަނި.ސަރުކަރުން ކުރަނި ހުސް ރަނގަޅު ކަންކަން ދެން އައިޖަހާ.

ބޮބޯ

ތިޔަތައުރީފުކުރީ ކޮންބައެއްތޯ.... އަމިއްލަ ޕާޓީމީހުން އެކަނި

ބީސީ

ސާބަސް ރައީސް. ސެލިއުޓް ކުރަން

ޝިހާން

ހަމަ ތިގޮތަށް ތިޔޮއް ކަރެކްޝަން ސަރވިސްގެ ވެރިންތައް ދޮވެލަބެލަ ބްލީޗް ލައިގެން. ރައީސްމީހާ ނުބުނާ ކުށްވެރިންނަށް ދަންދެން އެޔޮއް ޖަލުންނެރެ ހުސްކުރަނީ އެމީހުންއަތުން ރިޝްވަތު ނަގައިގެން.

ދަތުރު

މިފަހަރު ރައްޔިތުން މަޖުލިސް އިންތިހާބުގައި ވޯޓުދީފައި އެވަނީ ބޮޑެތި ބަދަލުތަކަކަށް ބޭނުންވާތީއެވެ. އެހެން ކަމުން މަޖުލިސްގެ މެމްބަރުން ރައްޔިތުން އެދުނުގޮތަށް ބަދަލު ގެނައިސް ދޭންޖެހޭނެއެވެ. 65 ގޮޑި އެއްޕާޓީއަކަށް ލިބުމުމަކީ ވަރަށް އުދަގޫ ކަމެކެވެ. ބޮޑު ބަދަލަކަށް ބޭނުންވާތީ ރައްޔިތުން ކުރަންޖެހޭ ކަންކަށް އެއޮތީ ކޮއްފައެވެ.

މަނިކު

ރައީސްގެބަޔާނައް މަރުހަބާ

މުސްލލމް ހޫޙް

މިއަދު ކީއްވެބާ ސްޕްރީމް ކޯޓްގެ އަމުރަށް ސަރުކާރު ބޯލެނބުމަށް ދުނިޔޭގެ ޣައިރު މުސްލިމް ޕާޓީތަކާ، ޤައުމުތަކާ ޖަމާޢަތްތަކުން ގޮވައިނުލަނީ.!!! ދިވެހި މުސްލިމް ރައްޔިތުން މިކަމަށް ފުންކޮށް ވިސަނައިލާ!

19

.ތި އުޅެނީ 3 ނޮވެމބަރ އިއާދަވާން ތިއޮތީ އެބަގާވާތުގެ އެއްމެން މިހާރު ސަރުކާރުގާ ފިސައިރި ކުޅިގަނޑެއް ކުޅެލާނެ،
.މިހާރު އެ އޮތީ އިންޑިއާ ސިފައިން ބަރު ހަތިޔާރާއެކު ގެނެސް ތައްޔާރު ކޮށްފާ މި ގައުމުގެ ކަރާމާތް ނަގާލަން އެ އުޅެނީ.

ޖަމްބޭ

އަމިއްލަ އެދުމާއި އާރާއި ބާރު ހޯދައިގަތުމުގެ ވަޢުދެއް ކަމަށް ބައެއް މީހުން ބުނަމުން އެބަދޭ. ތެދެއްބާ! ޤައުމެއްގެ ޝަރުޢީ ނިޒާމާއި ކުޅެގަތުމަކީ އަމާންކަން ނެތްކަމުގެ ހެތްކެއް.

ހާލުގެދުލުން

މީ އިބޫ ޞާލިޙްއަށް ޘަނާ ކިޔާ ނޫހެއް.މަޖިލީހަށް ސްޕްރީމްކޯޓް ހިނގާކަންކަމާ ނުބެހެވޭނެ.

އަހުމަދު

މި ބަޔާނާއި އެކު އަލުން ރިޔާސީ އިންތިކާބު ބޭއްވުމްށް އސިްސފިރޭނު ކޯޓުން އަމުރުކޮނުކުރާނެބާ.... މަޖްލިސް އުވާލާ އަމުރެއްގެ ވާހަކަވެސް މީހަކު ހުށައަޅައިގެން ނޫހެއްގައި ލިޔެފައިއޮތްވިއްޔަ...؟

ޢހަގސ

ތާއީދު ކޮށްފައި ތިއޮތީ ހުސް އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުން