Investorunge ithubaaru hoadhumah legal frame work ah badhalu gehnnanee
image
މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (މ)-- ފޮޓޯ: ފޮރިން މިނިސްޓްރީ/ ޓްވިޓާ
0 ކޮމެންޓް
 

ރާއްޖެ އަންނަ އިންވެސްޓަރުންގެ އިތުބާރު ހޯދަން ގާނޫނީ އޮނިގަނޑަށް ބަދަލު ގެންނަނީ

ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ލީގަލް ފްރޭމް ވޯކަށް ބަދަލުތަކެއް ގެންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފިނޭންސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ޕާޓްނަޝިޕް ފޯރަމް ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނާއި އަދި ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި އެކުގައި ބޭއްވި ފޯރަމްގައި ރާއްޖޭގެ ޙާލަތު އެއްވެސް އޮޅުވާލުމެއް ނެތި ކިޔާދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރަނިތަކާއި ލިބޭ އާމްދަނީއާ އަޅުގަނޑުމެންގެ ރޭޓިންގް ދަށްކަމާއި މިފަދަ ހުރިހާ ވާހަކައެއް އަޅުގަނޑުމެން މި ފޯރަމްގައި ކިޔާދިނިން. އަޅުގަނޑުމެން މި ވާހަކަތައް ހިއްޞާ ކުރުމުން އެބޭފުޅުން އަޅުގަނޑުމެންނަށް ޔަގީންކަން ދިން ކަންކަން ރަނގަޅު ކުރުމަށް ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށް. އަދި ވަކިން ޚާއްސަކޮށް އެބޭފުޅުން މަޑުން ނުތިބޭނެ ކަމަށް ވިދާޅުވި ރޭޓިން ރަނގަޅުވަންދެން،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުންތަކުން ކޮށްފައިވާ މަސައްކަތްތަކުންވެސް ބޭރުގެ އިންވެސްޓަރުން ކޮށްފައިވާ އިންވެސްޓުމަންޓުތައް ރައްކާތެރި ނޫން ކަމަށެވެ. އެހެންކަމުން ޕާޓްރަޝިޕް ފޯރަމްގައިވެސް އިންވެސްޓަރުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ގާނޫނީ ނިޒާމަށް ގެންނާނެ ބަދަލަކީ ކޮބައިތޯ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުގައި އަޅުގަނޑުމެންނަށް ފެނުނު އިންވެސްޓަރުން ރާއްޖެ އައިސް އިންވެސްޓު ކުރުމުން އެބޭފުޅުންގެ އިންވެސްޓުމަންޓު ސެކިޔޮ ނޫންކަން. އެކަން އަޅުގަނޑުމެންނަށް އެނގިގެންދިޔަ. އެހެންވީމަ އަޅުގަނޑުމެން އެބަ ގެންނަން ލީގަލް ފްރޭމް ވޯކަށް ބަދަލުތަކެއް އަދި ކުރީ ސަރުކާރުތަކާއި ޚިލާފަށް އާބިޓްރޭޝަން ސެންޓަރެއްވެސް ހުޅުވި އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތްތައްވެސް ފެށިގެން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި ހުރި ކަންކަން މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކޮށްދެވޭނެ ކަމުގެ ޔަގީންކަން މިއަދު ލިބިގެން ހިނގައްޖެ ކަމަށެވެ.

ބޭރުގެ އިންވެސްޓަރުންނާއި ގުޅޭ ގޮތުން ކުރީ ސަރުކާރުންވެސް ވާހަކަތަކެއް ދެއްކި ކަމަށާއި އިންވެސްޓަރުންގެ އިންވެސްޓުމަންޓުތަކަށް ގާނޫނީ ގޮތުން ލިބެންޖެހޭ ރައްކާތެރިކަން ލިބޭނެ ކަމަށް ކުރީ ސަރުކާރުތަކުން ބުނި ނަމަވެސް އެކަމުގައި އެއްވެސް އަމަލީ ސިފައެއް ޖެހިގެން ދިޔަތަން ފެނިފައި ނުވާ ކަމަށް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަމާއި އަދި އެފަރާތްތަކަށް ގާނޫނީ ގޮތުން ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގިނަ ގާނޫނުތަކަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.
ހިޔާލު