Syria hanguraama ah dhiya Australia meehehge dharin aburaa gaumah gendhanee
image
ހާލިދް ޝަރަފް-- ފޮޓޯ: ޓްވިޓާ
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން ދިޔަ އޮސްޓްރޭލިއާގެ އަށް ކުދިން ސަލާމަތްކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުމަށް އޮސްޓްރޭލިއާ އިން ސީރިއާ އަށް ދިޔަ ހަނގުރާމަވެރިއެއް ކަމަށްވާ ހާލިދް ޝަރަފް ގެ ދަރިން ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން ދަނިކޮށް ސަލާމަތްކޮށްފި އެވެ.
އެ ކުދިން ސީރިއާ އިން ނެރިފައި ވަނީ އޮސްޓްރޭލިއާގެ ސަރުކާރާއި އެހީދޭ ޖަމާއަތްތަކުން ގުޅިގެން ހިންގި ސިއްރު އޮޕަރޭޝަނެއްގަ އެވެ.

އެ އޮޕަރޭޝަންގައި އޮސްޓްރޭލިއާގެ ޔަތީމް އަށް ކުދިން ވަނީ ސީރިއާ އިން ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ހާލިދް ޝަރަފް ގެ ދަރިންނާއި ކާފަ ދަރިން ހިމެނެ އެވެ. އަދި އައިއެސް ހަނގުރާމަވެރިއެއް ކަމަށްވާ ޔާސިން ރިޒްވިކް ގެ ޔަތީމް ތިން ކުދިން ހިމެނެ އެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ، ހަނގުރާމަ އަށް މައިންބަފައިން އަމިއްލަ ދަރިން ގެންދިއުމަކީ ގަބޫލު ކުރެވޭނެ އަމަލެއް ނޫން ކަމަށެވެ. އެކަމަކު މައިންބަފައިން ގެ ކުށްތަކަށް ދަރިންނަށް އަދަބު ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ އޮޕަރޭޝަންގެ އެންމެ މުހިއްމު ކަމަކަށްވީ އޮސްޓްރޭލިއާގެ ގައުމީ ސަލާމަތާއި، ރައްޔިތުންގެ ރައްކާތެރިކަން ކަމުގައި ސްކޮޓް ވަނީ ވިދާޅުވެފަ އެވެ.

ހާލިދް ޝަރަފްގެ ދަރިން ސީރިއާ އަށް ގެންގޮސްފައި ވަނީ 2014 ވަނަ އަހަރު އެ ކުދިންގެ މަންމަ ތާރާ ނެޓްލްޓަން އެވެ. ހާލިދް ވަނީ އޭގެ އެތައް މަހެއް ކުރިން އޭނާގެ ބޭބެގެ ޕާސްޕޯޓް ބޭނުންކޮށްގެން ސީރިއާ އަށް ގޮސްފަ އެވެ.

ހާލިދްގެ ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރި އަކީ އުމުރުން 17 އަހަރުގެ ޒައިނަބް އެވެ. ޒައިނަބް މިވަގުތު ބަލިވެއިން އިރު ދެ ދަރިންވެސް އެބަ ތިއްބެވެ. ޒައިނަބްގެ އިތުރުން އޭނާގެ މަންމަ އާއެކު ސީރިއާ އަށް ގޮސްފައި ވަނީ އަންހެން ކޮއްކޮ ހޯޑާ އަދި ފިރިހެން ކޮއްކޮ ހަމްޒާ އެވެ.

އެކުދިންގެ މަންމަ ތާރާ ނެޓްލްޓަން ނިޔާވެފައި ވަނީ 2015 ވަނަ އަހަރު ޖެހުނު ބައްޔެއްގެ ސަބަބުންނެވެ. އަދި ބައްޕަ ހާލިދް ޝަރަފް ނިޔާވެފައިވާ ކަމަށް ގަބޫލު ކުރެވެނީ 2017 ވަނަ އަހަރެވެ.

ސީރިއާ ރެފިއުޖީ ކޭމްޕަތަކުން ސަލާމަތްކުރެވުނު އަށް ކުދިން ވެސް އެނބުރި ގައުމަށް ދިޔުމުގެ އިންތިޒާމްތައް ހަމަޖެހިފައިވީ ނަމަވެސް، ޒައިނަބް ވިހެއުމާއި ގާތްވެފައި ވާތީ އޭނާ ގައުމަށް ދިއުން ކުޑަކޮށް ލަސްވާނެ އެވެ.

ލަފާ ކުރެވޭ ގޮތުގައި މިހާރުވެސް 8000 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން ދެއެވެ.
ހިޔާލު

ޔަގީން ކަތިބު

މިކުދިންގެ ވާހާކަގެނެސްދިން ޑޮކިއުމެންޓްރީއެއް ބެލިން. ވަރަށް ހާލުގައުޅެފަ ތިޔަ ސަލާމަތްވީ. އެކުދިންގެ ބައްޕަ އެއާއިލާ ތިވަޅުގަނޑަށް ވައްޓާލީ. ވަރަށް ބޮޑު ގުރުބާނީއެއް އެކުދިންގެ މާމަވި. އޮސްޓްރޭލިޔާ ސަރުކާރަށް އާދޭސްކޮށް އެކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް.