ACC ge member kamah kurimathi lumah hulhuvaalaifi
image
އެންޓި ކޮރަޕްޝަން ކޮމިޝަން-- ފޮޓޯ: ފްރޭންކް ބްރައުން
1 ކޮމެންޓް
 

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ ދައުރު ހަމަވާތީ އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އޭސީސީގެ ފަސް މެމްބަރުން އައްޔަނު ކުރީ ސެޕްޓެމްބަރު 2014 ގައެވެ. އެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ. އެހެންކަމުން މެމްބަރުކަމުގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ޖުލައި 1 އާ ހަމައަށް އޮންނާނެ ކަމަށެވެ.

އޭސީސީގެ މެމްބަރުކަމުގެ ޝަރުތުތަކަކީ

1. އުމުރުން 25 އަހަރުވުން
2. ދިވެއްސަކަށްވުން
3. އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ވޭޭތުވެދިޔަ ފަސް އަހަރު ސާބިތުވެފައި ނެތުން
4. ސިޔާސީ މަގާމެއް ނުވަތަ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ އެހެން ވަޒީފާއެއް އަދާ ކުރަމުން ނުދިއުން
5. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން
6. ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުން
7. ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ ނަމަ، އެ ހުކުމެއް ނިމުނުތާ ފަސް އަހަރު ވެފައިވުން

އޭސީސީގެ މިހާރުގެ މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒް ރަޝީދާއި މެމްބަރު ސަފްވަތު މުހައްމަދާއި ޔަޒްމީދު އަހުމަދާއި އާމިނަތު މިންނާ އެވެ. ލުތުފީ އާއި މުއައްވިޒް ފުރިހަމަ ކުރައްވަމުން ގެންދަވަނީ ދެވަނަ ދައުރެވެ.
ހިޔާލު

ޢާސް

މުސާރައާއި އިނާޔަތްތަށް ވެސް ޖަހާލަން ޖެހޭނެ ދޯ؟