Hajjah dhiyumah pensionun 80 percent faisaa negey islaahu committee ah fonuvaifi
image
ހައްޖަށް ދިއުމަށް ބަޔަކު އެއާޕޯޓުގައި--
0 ކޮމެންޓް
 

ހައްޖަށް ދިޔުމަށް ޕެންޝަނުން 80 އިންސައްތަ ފައިސާ ނެގޭ އިސްލާހު ކޮމިޓީ އަށް ފޮނުވައިފި

ފެންޝަން ފައިސާ އިން ހައްޖަށް ދިއުމަށް ދޫކުރެވޭ ފައިސާގެ އަދަދު 80 އިންސައްތަ އަށް އިތުރު ކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީ އަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ބަލައިގަނެ، ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ފެންޝަން ފައިސާ އިން ހައްޖަށް ދިއުމަށް ދޫކުރެވޭ މިންވަރު 80 އިންސައްތަ އަށް އިތުރު ކުރުމަށް ހުށަހެޅި ބިލް ދިރާސާ ކުރަން ފޮނުވާފައި ވަނީ އިޖުތިމާއީ ކޮމެޓީ އަށެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރިޓަޔަމަންޓް ސޭވިންގް އެކައުންޓުން ދޫކުރެވޭ ފައިސާގެ އަދަދު، ހައްޖަށް ދިއުމަށް ސަރުކާރުން ކަނޑައަޅާ ރަސްމީ އަގުގެ 80 އިންސައްތައިގެ ފައިސާ ޕެންޝަނުން ދޫކުރުމަށް ހުށަހެޅީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ.

"ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަމަންޓް ސޭވިންގް އެކައުންޓުން ދޫކުރެވޭނީ، އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 80 ޕަސެންޓް،" މެމްބަރު އީސާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.

އިސްލާހު ހުށަހެޅީ ފެންޝަނާ ބެހޭ ގާނޫނުގެ 31 ވަނަ މާއްދާ އަށެވެ. އެ ގާނޫނުގައި މިހާރު އޮތް ގޮތުން ޕެންޝަން ފައިސާ އިން ދޫކުރެވޭނީ ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 50 އިންސައްތަ އެވެ.
ހިޔާލު