MNU aai IUM nufoozun dhuru kurumah hushahelhi bill committee ah fonuvaifi
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
0 ކޮމެންޓް
 

އެމްއެންޔޫ އާއި އައިޔޫއެމް ނުފޫޒުން ދުރުކުރުމަށް ހުށަހެޅި ބިލް ކޮމިޓީ އަށް ފޮނުވައިފި

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް)ގެ ވެރިންގެ އޮނިގަނޑަށާއި މަސްއޫލިއްޔަތުތަކަށް ބައެއް ބަދަލުތައް ގެންނަން ހުށަހެޅި ދެ ބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްއެންޔޫ އާއި އައިޔޫއެމް ގެ ކައުންސިލް ނުފޫޒުތަކުން މިނިވަން ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ދެ ބިލް ބަލައިގަނެ، ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. ދެ ބިލް ވެސް ފޮނުވީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީ އަށެވެ.

މިމަހުގެ 17 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި އެ ދެ ބިލުގެ ތެރެއިން، އެމްއެންޔޫ ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ. އައިޔޫއެމް ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.

އެމްއެންޔޫގެ ގާނޫނުގައި އިސްލާހު ކުރަން ހުށަހަޅާފައި ވަނީ ކައުންސިލާ ބެހޭ ބާބަށެވެ. ކައުންސިލް މެމްބަރުންގެ މަސްއޫލިއްޔަތުގެ ބާބާއި، އެ މެމްބަރުންގެ ދައުރާއި މެމްބަރުން ހޮވާނެ ގޮތުގެ ބާބާއި، ކައުންސިލްގެ ޖަލްސާތަކުގެ އިތުރުން ޔުނިވަސިޓީގެ އިސް އޮފިސަރުންގެ ބާބަށް ވެސް އިސްލާހު ހުށަހަޅާފައި ވެއެވެ.

އެމްއެންޔޫގެ ގާނޫނުގައިވާ ގޮތުން، ޔުނިވަސިޓީގެ ކައުންސިލަކީ ޔުނިވަސިޓީ ހިންގާ އެންމެ އިސް ފަރާތެވެ.

އައިޔޫއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވެސް މައިގަނޑު ގޮތެއްގައި ހުށަހަޅާފައި އެތަން ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނައުމަށެވެ. އައިޔޫއެމް ހިންގަނީ ޔުނިވަސިޓީގެ މަޖިލީހުންނެވެ. ޔުނިވަސިޓީގެ މަޖިލީހަކީ ޔުނިވަސިޓީ ހިންގާ އެންމެ އިސް ފަރާތެވެ.

އެމްއެންޔޫ އާއި އައިޔޫއެމްގެ ޗާންސަލަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި ވަކިކުރުމުގެ ގާނޫނީ ބާރު މިހާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ހިޔާލު