MDP ge social media activistun thakah siyaasee magaamu
image
ޝައްމޫން ޖަލީލް 'ލޫކަސް' (މ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދާއެކު---
ރައްޔާން މުހައްމަދު
1 ކޮމެންޓް
 

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންތަކަކަށް ސިޔާސީ މަގާމު

މޯލްޑްވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 14 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އެ ޕާޓީގެ މަޝްހޫރު ހަތަރު ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް މަގާމުތަކެއް ހަމަޖައްސައިފި އެވެ.
ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި ސީނިއާ އެގްޒެކްޓިވް ފެންވަރުގެ މަގާމުތައް ދީފައި ވަނީ ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް)، ސިމްވާރް، އަސަދް އަދި ޝިފާނަށެވެ.

އޭގެ ތެރެއިން ލޫކަސް އައްޔަނުކޮށްފައި ވަނީ ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރުގެ މަގާމަށެވެ. ލޫކަސްގެ ޓްވީޓެއްގައި ބުނީ އެ މަގާމަށް އައްޔަނު ކުރުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ.
އޭގެ އިތުރުން އަހްމަދު އަންވަރު (ސިމްވަރް) އައްޔަނުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އަސަދު އަދި ޝިފާން އައްޔަނު ކުރި މަގާމުތަކުގެ ތަފްސީލް އަދި ނުލިބެ އެވެ.

މިއަދަކީ އެ ޕާޓީގެ އަހަރީ ދުވަސް ކަމަށް ވާއިރު އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު އެޕާޓީން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.

މިއަދު ހެނދުނު 6:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގެ އިތުރުން އެމްޑީޕީގެ ގިނަ މެމްބަރުންނާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން ބައެއް އާންމު ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
ހިޔާލު

ޟުހަންމދ

ސިޔާސީ މަގާމު ސިޔާސީ މީހުނަށް ދިނުން މައްސަލައެއް ނޫން. ރަގަޅު ވިސްނުމެއް.