Veli baru kuri CCCC ge boat anehkaa ves gavaidhaa hilaafah ulhenikoh fiyavalhu alhaifi
image
ވެލިބަރުކޮށްގެން ދަތުރުކުރި ބޯޓު-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވެލި ބަރުކުރި ސީސީސީސީގެ ބޯޓު ގަވައިދާ ހިލާފަށް އުޅެނިކޮށް ފިޔަވަޅު އަޅައި، އެހެން ބަޔަކަށް ވިއްކާލައިފި

ލ. ހިތަދޫ ކައިރިން ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ފެނުނު ޗައިނާގެ ބޯޓު ކަސްޓަމްސްގެ ހުއްދަ ނެތި ދަތުރު ކުރަނިކޮށް ހިފަހައްޓާ ފިޔަވަޅު އަޅައިފި އެވެ.
ކަސްޓަމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބްރިޖުގެ މަސައްކަތް ކުރާ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެ ކުރި ބޯޓު އެ އޮފީހުގެ ހުއްދަ ނެތި އެހެން ސަރަހައްދުތަކަށް ދަތުރުކުރާ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

"އެ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެނައުމަށް ފަހު، އެ މައްސަލަ ބަލާ އަޅަން ޖެހޭ ފިޔަވަޅުތައް ވާނީ އަޅާފަ އެވެ،" ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ އިޖުރާތުތައް ފުރިހަމަ ކުރުމަށްފަހު، އެއުޅަނދުގެ ވެރި ފަރާތުން މިހާރު އެ އުޅަނދު ވަނީ އެހެން ފަރާތަކަށް ވިއްކާލާފައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އުޅަނދުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ 27 މޭ 2019 ގައި ދައްކާ ހަލާސްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނީ ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުމަށް ވަގުތީ ގޮތުން އިމްޕޯޓް ކުރެވޭ އުޅަނދު ފަހަރަކީ އެތަކެތި އެތެރެ ކުރެވޭ ޕްރޮޖެކްޓެއްގައި އެކަނި ބޭނުން ކުރުމަށް ނުވަތަ މުއްދަތު ހަމަވުމުން ޑިއުޓީ ފްރީ އެހެން ޕްރޮޖެކްޓަކަށް ބަދަލު ކުރުމަށް ޝަރުތުކޮށް ވަކި މުއްދަތަކަށް ގެނެވޭ ތަކެތި ކަމަށެވެ.

އެގޮތަށް ހުއްދަ ދެވޭ މުއްދަތު ހަމަވުމުގެ ކުރިން އުޅަނދު އަނބުރާ ފޮނުވާލަން ޖެހޭނެ ކަމަށާއި އެމުއްދަތުގެ ތެރޭގައި އުޅަނދު ފޮނުވާނުލެވޭ ނަމަ އުޅަނދުގެ އަގުން ދައުލަތަށް އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ހިޔާލު