Accident akaai gulhigen meehaku hoadhanee
image
0 ކޮމެންޓް
 

އެކްސިޑެންޓަކާ ގުޅިގެން މީހަކު ހޯދަނީ

އެކްސިޑެންޓަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތުގައި އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.
އެމީހާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައިވާއިރު ފުލުހުން ބުނީ އެމީހާ ހޯދަނީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރާ އެކްސިޑެންޓްގެ ދެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލަތަކުގައި ހޯދަމުން ދަނީ ޏ. ފުވައްމުލައް، ފެންފިނޮޅު، މުސްލިމް އަބްދުﷲ (34އ) އެވެ. އޭނާ ހޯދަމުން ދަނީ ކޮންއިރަކު ހިނގި އެކްސިޑެންޓަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅައިގެން މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.
ހިޔާލު