Alia amilla Youtube Channel eh Launch Kohfi
image
އާލިއާ ބަޓް--
0 ކޮމެންޓް
 

އާލިއާ އަމިއްލަ ޔޫޓިއުބް ޗެނަލެއް ލޯންޗުކޮށްފި

ބޮލީވުޑުގެ ބަތަލާ އާލިއާ ބަޓް، އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލެއް އިއްޔެ ލޯންޗުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް ފެންނަ އުމުރުން 26 އަހަރުގެ އާލިއާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އޭނާ އުޅެމުން އަންނަ ގޮތް ސަޕޯޓަރުންނަށް ހިއްސާކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އާލިއާއާ ގާތް ގުޅުމެއް އޮންނަ މީހަކާ ހަވާލާދީ އިންޑިއާގެ ނޫހަކުން ބުނީ، އޭނާގެ ޔޫޓިއުބް ޗެނަލް އިން ފެޝަން އަދި މޭކަޕުގެ އިތުރުން ފިޓްނެސް ކަންކަން ވެސް ސަޕޯޓަރުންނާއި ހިއްސާކުރާނެ ކަމަށެވެ.

ޗެނަލް ލޯންޗުކުރުމުގެ ގޮތުން ވެސް އާލިއާ ވަނީ ތަފާތު ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އަދި ޔޫޓިއުބް ޗެނަލެއް އުފެއްދީ ތަފާތު ކަމެއް ތަޖުރިބާ ކުރުމުގެ ގޮތުން ކަމަށް އޭނާ ބުނެ އެވެ.

ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާ އިން 2012 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި، އާލިއާއަކީ ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޒުވާން ބަތަލާ އެވެ.

މިހާރު އޭނާ އަންނަނީ އަޔާން މުކަރުޖީގެ ކުރިއަށް އޮތް ފިލްމު "ބްރަހްމަސްތުރާ" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމަކީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު އޭނާ ފެނިގެންދާނެ ފުރަތަމަ މަސައްކަތެވެ.
ހިޔާލު