Gina baehge samaalu kan Adah Sharma ge isthashigandah!
image
އަދާ--
0 ކޮމެންޓް
 

ގިނަ ބައެއްގެ ސަމާލުކަން އަދާ ޝަރުމާގެ އިސްތަށިގަނޑަށް!

ގިނަ ބައެއްގެ ލޯ ބަތަލާ އަދާ ޝަރުމާގެ އިސްތަށިގަނޑަށް އަމާޒުވެއްޖެ އެވެ.
އަދާއަކީ އަބަދުވެސް ފެޝަނަށް ލޯބިކުރާ ފަންނާނެކެވެ. އެގޮތުން މިފަހަރު ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި ވަނީ އަދާގެ އިސްތަށިގަނޑަށެވެ. ރަތާއި ރީންދޫ އަދި ނޫ ކުލަ އިސްތަށިގަނޑުގައި ޖައްސާފައިވާއިރު ގިނަ ބަޔަކަށް ވަނީ އަދާ ގެ އެފެނިލުން ވަރަށް ކަމުގޮސްފަ އެވެ.



އަދާ އަކީ ތެލުހޫ އިންޑަސްޓްރީގައި މަގުބޫލުކަމެއް ލިބިފައިވާ ފަންނާނެކެވެ. އޭނާ ވަނީ ގިނަ ހިޓް ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާ ބޮލީވުޑަށް ތައާރަފް ވެފައިވަނީ "1920" އިންނެވެ.

އަދާ ފެނިގެންދިޔަ އިތުރު ފިލްމުތަކުގެ ތެރޭގައި "ކޮމާންޑޯ 2" އާއި "ހަސީ ތޮ ޕަސީ" އަދި "ޖައްގާ ޖާސޫސް" ހިމެނެ އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މިއަހަރު ސެޕްޓެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ "ކޮމާންޑޯ 3" އިންނެވެ.
އަދާ ޝަރްމާ
ހިޔާލު