Kakulu hulhu badhalukuraa operation treetop in hiley kureveygoi hadhaifi
image
އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އައިޖީއެމްއެޗް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ޓްރީޓޮޕުން ހިލޭ ކުރެވޭނެ ގޮތް ހަދައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވާ ބައެއް މީހުންގެ އޮޕަރޭޝަންތައް ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރުމަށް ހަމަޖައްސައިފި އެވެ.
އެކަމުގެ އެއެއްބަސްވުމުގައި އައިޖީއެމްއެޗްގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ އިބްރާހިމް ސަލީމެވެ. ޓްރީ ޓޮޕްގެ ފަރާތުން ސީއީއޯ ޑޭވިޑް ފެއިންބާގު ސޮއެކޮށްފައިވާއިރު އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު މަރިޔަމް ޝަފީގެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ ޓްރީޓޮފުގައި އެ އޮޕަރޭޝަންތައް ކުރަން ނިންމާފައި ވަނީ އައިޖީއެމްއެޗުގައި ކަކުލު ހުޅު ބަދަލު ކުރާ އޮޕަރޭޝަން ކުރަން ތިބި މީހުންގެ ކިޔު ކުޑަކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން އެއޮޕަރޭޝަން ކުރަން މިހާރު ވެސް 173 މީހުން ކިއުގައި އެބަތިބި ކަމަށާއި ޓްރީ ޓޮޕާއި އާސަންދައާ ދެމެދުވި އެއްބަސްވުމުގެ ދަށުން އެއޮޕަރޭޝަނުގެ އަގަކީ 65،000 ރުފިޔާ ނަމަވެސް އެ އަގު އެއްކޮށް ދައްކާނީ އާސަންދައިން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އުނަގަނޑުގެ އޮޕަރޭޝަންތައް ވެސް ޓްރީ ޓޮޕުން ކުރެވޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް އާސަންދައިގެ މެނޭޖިން ޑައިރެކްޓަރު މަރިޔަމް ޝަފީގު ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު