Kuda Kujjakaai behunu 71 aharuge meehaa shareeaiy nimendhen bandhukohfi
image
ކުޑަ ކުއްޖަކާ ބެހުނު 71 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި--
0 ކޮމެންޓް
 

ކުޑަ ކުއްޖަކާ ބެހުނު 71 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރާއްޖޭގެ ރަށެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 71 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.
ކުޑަ ކުއްޖަކާ ބެހުނު މައްސަލާގައި އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު ފުލުހުން ބުނީ މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށެވެ.

އެ މައްސަލައިގެ ތަފްސީލު ހާމަނުކުރާއިރު ހައްޔަރުކޮށްފައިވާ 71 އަހަރުގެ މީހާއަކީ އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ކުޑަ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ކަމަށް ވެއެވެ.

އެހެންވެ މިހާރު މަންމަގެ ބެލެނިވެރި ކަމުން ކުއްޖާ ނަގައި ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

އެ މައްސަލައިގެ ތުހުމަތު އަންހެން ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ އަށް ވެސް ފުލުހުން ކުރެ އެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި އެމައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.
ހިޔާލު