Heathrow airport ah dhathuru kuri flight akun meeheh vettijjje
image
ކެންޔާ އެއާވޭސްގެ މަތިންދާ ބޯޓެއް--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހީތްރޯ އެއާޕޯޓަށް ދަތުރު ކުރި ފްލައިޓަކުން މީހަކު ވެއްޓިއްޖެ

އާދީއްތަ ދުވަހު ލަންޑަންގެ މަތިން ދަތުރުކުރަމުން ދިޔަ ކެންޔާ އެއާވޭސްގެ މަތިންދާ ބޯޓަކުން ގަވާއިދާ ހިލާފަށް ދަތުރު ކުރަމުން ދިޔަ މީހެއް ވެއްޓި މަރުވެއްޖެ އެވެ.
ހޯމަ ދުވަހު ލަންޑަންގެ މެޓްރޮޕޮލިޓަން ޕޮލިހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާ ވެއްޓފައި ވަނީ ކެންޔާ އެއާވޭސް މަތިންދާ ބޯޓުގެ ލޭންޑިން ގިއާ ކޮމްޕާޓްމެންޓުންނެވެ. ފުލުހުން ބުނެފައި ވަނީ ބޯޓުގެ ލޭންޑިން ގިއާ ކޮމްޕާޓްމަންޓުން ދަބަހަކާއި، ފެނާއި ކާނާ ފެނިފައިވާ ކަމަށެވެ.

ވެއްޓިފައިވާ މީހާއަކީ ކާކުކަން އަދި ނޭނގޭ ކަމަށާއި އޭނާގެ އައިޑެންޓިޓީ ދެނެގަތުމަށް ޕޯސްޓް މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ލަންޑަންގެ ފުލުހުން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ބޯޓުން ގަވާއިދާ ހިލާފަށް ދަތުރު ކުރި މީހާ ވެއްޓިފައި ވަނީ ލަންޑަން ރައްޔިތެއްގެ ބަގީޗާއަށެވެ. އޭނާ ވެއްޓިފައި ވަނީ ސަންބާތް ކުރަން އޮތް އެގޭ ވެރިޔާގެ ދެތިން ފޫޓާ ގާތަށެވެ.

ލަންޑަން ފުލުހުންނަށް އެ މައުލޫމާތު ލިބިފައި ވަނީ މެންދުރު ފަހު 03:39 ހާއިރެވެ.

މަންޒަރު ދުށް އަވަށްޓެރިއެއް މައުލޫމާތު ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އޭނާ ވެއްޓިފައި އޮތް އިރު ގައިގެ އަންނައުނު ވެސް ހަމަޔަށް ހުއްޓެވެ. އޭނާއަށް ގޭގެ ވެރިޔާ ފެނުނު އިރު، ލިބުނު ޝޮކުގެ ސަބަބުން ގޭގެ ވެރިޔާ އަށޤ ވާހަކަނުދެއްކޭ ކަމަށް ބުނެފައި ވެއެވެ.

"ބާރު އަޑެއް އިވުނު. ދެން އަހަރެން ނިކުތީ ބޭރަށް. އޭރު އަވައްޓެރިޔާ ގެއިން ނިކުމެގެން އަންނަނީ. އޭނާ އޭރު ތުރުތުރު އަޅާ،" ނަން ހާމަ ކުރަން ބޭނުންނުވާ އަވައްޓެރިއާ ނޫސްތަކަށް ބުނެފައި ވެއެވެ.
ލަންޑަން
ހިޔާލު