Thafaathu kula thakun thafaathu sihhee faidhaa!
image
މޭވާ އާއި ތަރުކާރީ--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ތަފާތު ކުލަތަކުން ތަފާތު ސިއްހީ ފައިދާ!

ތަރުކާރީ އާއި މޭވާ އަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ގިނަ ބަލިތަކުން ސަލާމަތްކޮށްދޭ ވަރަށް މުހިއްމު މާއްދާއެކެވެ. މޭވާ އާއި ތަރުކާރީގައި ތަފާތު ކުލަތައް ހުންނަ އިރު މި ކުލަތައް ކާނާތަކަށް ގެނެސްދެނީ މޭވާ އާއި ތަރުކާރީގައި ބަލިތަކުން ދިފާއުކޮށް ދޭން އެކުލެވޭ ކެމިކަލެއް ކަމަށްވާ ފައިޓޯކެމިކަލްތަކުގެ ސަބަބުންނެވެ. އެކި ކުލައިގެ މޭވާ އާއި ތަރުކާރީ ކެއުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މުހިއްމު ކަމެކެވެ.
މޭވާ އާއި ތަރުކާރީއަށް ކުލަތައް ގެނެސްދޭ ފައިޓޯކެމިކަލްތައް

ރަތް: ރަތް ކުލައިގެ މޭވާ އާއި ތަރުކާރި އަށް މި ކުލަ ގެނެސްދެނީ އޭގައި އެކުލެވޭ ''ލައިކޯޕިން'' ޕިގްމެންޓްގެ ސަބަބުންނެވެ. މި ޕިގްމެންޓަކީ ކެންސާ ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ.

ދަނބު/ނޫ : ''އެންތޮސަޔަނިން'' އަކީ ދަނބު އަދި ނޫ ކުލައަކީ މޭވާ އާއި ތަރުކާރީ އަށް ގެނެސްދޭ ޕިގްމެންޓެވެ. މި ޕިގްމެންޓަކީ ވެސް ސެލްތައް ރައްކާތެރިކޮށްދޭ، ސްޓްރޯކާއި ކެންސަރާއި ހިތުގެ ބަލިތަކުން ދުރުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ.

އޮރެންޖު/ރީނދޫ: މޭވާ އާއި ތަރުކާރީ އަށް އޮރެންޖާއި ރީނދޫ ކުލަ ގެނެސްދޭ ''ކެރޮޓެނޮއިޑް'' އެއް ކަމަށްވާ ''ބީޓާކެރޮޓީން'' އަކީ ދުޅަހެޔޮ ގޮތެއްގައި މެމްބްރޭންތައް ބެހެއްޓުމަށް އެހީވެދޭ ލޮލަށް ވަރަށް ރަނގަޅު މާއްދާއެކެވެ. މީގެ އިތުރުން ''ލުޓިން'' މި ކެރޮޓެނޮއިޑް އަކީ ލޯ ތެރޭގައި ހުންނަ ކެޓެރެކްޓްސްތައް އުފެދުމުން ދުރުކޮށްދީ ލޯއަނދިރިވުން ފަދަ ކަންތައްތަކުން ސަލާމަތްކޮށްދޭ ޕިގްމެންޓެކެވެ.

ފެހި: ފެހި ތަރުކާރީގައި ގިނަ އަދަދެއްގެ ފައިޓޯކެމިކަލްތައް ހިމެނެއެވެ. އޭގެ ތެރެއިން ''ކެރޮޓެނޮއިޑެސް'' އާއި ''އިންޑޯލްސް'' އަދި ''ސެޕޮނިންސް'' ފާހަގަކޮށްލެވެއެވެ. މި ޕިގްމެންޓްތަކަކީ ކެންސާ މި ބަލި ޖެހުމުން ދުރުކޮށްދޭ ޕިގްމެންޓްތަކެކެވެ. ހަމަ އެހެއްމެ ސްޕިނެޗް ބްރޮކޮލީ ފަދަ ތަރުކާރީ އަކީ އޭގައި ފޮލޭޓް ކިޔާ ފައިޓޯކެމިކަލް އެއް ހިމެނޭ ވަރަށް މުހިއްމު މާއްދާއެކެވެ.

ހުދު: ހުދު ކުލައިގެ މޭވާއާއި ތަރުކާރީގައި ވައިރަސް އާއި ބެކްޓީރިއާތަކުން ދިފާކޮށްދިނުމަށް އެހީވެދޭ ''އެލިސިން'' މި ޕިގްމެންޓް ހިމެނެއެވެ. ހުދު ކުލަ ހުންނަ މޭވާ އާއި ތަރުކާރީގެ ތެރޭގައި ހިމެނޭ ދޮންކެޔޮ އަދި އަލުވި ފަދަ ކާނާ ގައި ޕޮޓޭސިއަމްވެސް ހިމެނެއެވެ.
ސިއްހަތު
ހިޔާލު