Kim Kardashian ge hedhun thah copy kurumun USD 2.7 million dollar dheyn jehijje
image
0 ކޮމެންޓް
 

ކިމް ކާޑޭޝިއަންގެ ހެދުންތައް ކޮޕީ ކުރުމުން 2.7 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

އެމެރިކާގެ ފެޝަން ބްރޭންޑް "މިސްގައިޑަޑް ޔޫއެސްއޭ" އިން ކިމް ކާޑޭޝިއަން-ވެސްޓް ހެދުން އަޅާ ގޮތް ކޮޕީ ކުރާ ކަމަށް ބުނެ ކޯޓަށް ދިޔުމުން ގެއްލުމުގެ ބަދަލުގައި އޭނާއަށް 2.7 މިލިއަން އެމެރިކާ ޑޮލަރު ލިބިއްޖެ އެވެ.
"މިސްގައިޑަޑް" އާ ދެކޮޅަށް ކިމް ކޯޓަށް ދިޔެއީ އެ ބްރޭންޑުގެ އުފެއްދުންތައް ޕްރޮމޯޓް ކުރަން އޭނާގެ ނަން ބޭނުން ކުރަ ކަމަށާއި، އޭނާ އަޅާ ހެދުންތައް ކޮޕީ ކުރާ ކަމަށް ބުނެ އެވެ.

އެ ތުހުމަތުތަކުން ދިފާއުވާން އެ ބްރޭންޑުން މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ބްރޭންޑުން ވަނީ ކިމް ބޭނުންވި ގޮތަކަށް ގެއްލުމުގެ ގޮތުގައި 2.7 މިލިއަން އެމެރިކާ ޑޮލަރު ދީފަ އެވެ.

އެގެ އިތުރުން ކޯޓުން ބުނެފައި ވަނީ ކިމް އާ ގުޅުން ހުރި އެއްވެސް ކަމެއް "މިސްގައިޑަޑް" ގެ އުފެއްދުންތައް ޕްރޮމޯޓު ކުރުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

ކިމް މީގެ ކުރިން ވެސް ވަނީ އޭނާ އަޅާ ވައްތަރުގެ ހެދުން ދުނިޔޭގެ ފެޝަން ސައިޓުތަކުން ކޮޕީ ކުރާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. ކިމްގެ ހެދުންތައް ޑިޒައިން ކުރަނީ ދުނިޔޭގެ އެންމެ މޮޅު ޑިޒައިނަރުންނެވެ.
ކިމް ކާޑޭޝަން
ހިޔާލު