Blood pressure rangalhu mingandehgai dhemehehtun
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބްލަޑް ޕްރެޝާ ރަނގަޅު މިންގަނޑެއްގައި ދެމެހެއްޓުން

ބްލަޑް ޕްރެޝާ އަކީ ހިތުން މުޅި ހަށިގަނޑަށް ފޮނުވާ ލޭތައް އާޓެރީތައް ނުވަތަ ނާރުގެ ޒަރިއްޔާއިން ފޮނުވާ ބާރުމިނެވެ. ބްލަޑް ޕްރެޝާ މަތިވުމަކީ ހިތުގެ ބަލިތަށް ޖެހުމަށް މަގުފަހިކޮށްދީ ހަށިގަނޑަށް އޭގެ ސަބަބުން ނުރައްކާތެރި އަސަރު ފޯރާ ކަމެކެވެ.
ބްލަޑް ޕްރެޝާ މަތިވުމަށް ދިމާވާ ކަންތައްތައް

• ބަރުދަން އިތުރުވުން
• ދުންފަތުގެ އިސްތިއުމާލުކުރުން
• ލޮނު ގިނައިން ހުންނަ ކާނާ ކެއުން
• ސިއްހަތަށް ރަނގަޅު ނޫން ކާނާ ކެއުން
• އާއިލީ ވާރުތަ

ބްލަޑް ޕްރެޝާ މަތިނަމަ ކުރެވިދާނެ ކަންތައްތައް

ބްލަޑް ޕްރެޝާ ދަށް ކުރުމަށް ކުރުން އެންމެ މުހިންމު ކަމަކީ ދިރިއުޅުމުގެ އާދަތައް ބަދަލު ކުރުމެވެ. މިގޮތުން ސިއްހަތަށް ރަނގަޅު ކާނާ ކައި، ދުވާލަކު އެއްފަހަރު ކަސްރަތުކޮށް، ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރެވިދާނެއެވެ. މިއީ ބޭސްފަރުވާ ގެ އެހީގައި ވެސް ދަށް ކުރެވިދާނެ ކަމެކެވެ. ހަމަ އެހެންމެ ކޮންމެ ދުވަހެއްގެ ކެއުމުގައި މޭވާ އާއި ތަރުކާރީ ހިމަނައި މަސް، ބިސް ފަދަ ކާއެއްޗެހި ގިނައިން ކެއުމަށް އާދަ ކުރަންވާނެއެވެ.
ސިއްހަތު
ހިޔާލު