Nidhan undhangoovaa nama kureveynee kon kameh?
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ނިދަން އުދަނގޫވާނަމަ ކުރެވޭނީ ކޮން ކަމެއް؟

ރޭގަނޑު ނިދަން ދަތިވުމަކީ ނުވަތަ ނިދި ނައުމަކީ ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. މިގޮތަށް ނިދަން ދަތިވެ މަދު ވަގުތު ކޮޅަކަށް ނިދޭ ކަމުގައިވާ ނަމަ އޭގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކޮށް ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ވެއެވެ.
ނިދަން އުދަނގޫވާނަމަ ކުރެވިދާނެ ކަންތައްތައް

1. ނިދަން އެންމެ ރަނގަޅު ވަގުތެއް ހޯދުން: ހެނދުނު ހޭލަން ބޭނުންވާ ވަގުތެއް ކަނޑައެޅުމަށްފަހު މަދުވެގެން ހަތް ގަޑިއިރުގެ ނިދި ލިބޭނެ ގޮތަށް ކޮންމެ މީހަކު ވެސް ނިދަން އާދަކުރަންވާނެ އެވެ.

2. އަވަހަށް ނިދަން އަމިއްލަ ނަފްސު ހޭނެވުން: އެމީހަކު ގަޔާވާ ފަދަ މަޑު މިޔުޒިކެއް ޖަހައިގެން އޮވެ ނިދުމަކީ އަވަހަށް ނިދަން މެދުވެރިކުރުވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިޔުޒިކަކީ މީހާގެ ފިކުރުތަކުން ދުރުކޮށްދީ ލޭގެ ޕްރެޝާ ދަށްކޮށް އުފަލާއި ހިތްހަމަޖެހުން އިހުސާސްކޮށްދޭ ''އެންޑޯފިން'' ކެމިކަލް އިތުރުކޮށްދޭ ކަމެކެވެ.

3. ރަނގަޅު ފިނިހޫނު މިނެއްގައި ނިދުން: ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ އަވަހަށް ނިދޭނެ ފިނިހޫނު މިނަކީ 16.1 ޑިގްރީ ސެލްސިއަސް އެވެ. ނިދަން އޮންނަ ގަޑީގައި ހަށިގަނޑުގެ ހޫނުމިން މަތިވުމަކީ ހަށިގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

4. އިންސޮމްނިއާ ބަލީގެ ޝިކާރައަކަށް ވެފަހުރިތޯ ބެލުން: މިކަމާ ގުޅުން ހުރި މާހިރަކަށް ދައްކާ މިކަން ބެލުމަކީ މުހިއްމު ކަމެކެވެ.

5. ކަސްރަތުކުރުން: ހަވީރު ހަތަރަކާއި ރޭގަނޑު ހަތަކާއި ދެމެދު މަދުވެގެން 30 މިނިޓު ވަންދެން ކަސްރަތު ކުރުމަކީ ނިދަން ދަތިވާނަމަ ކުރުން ރަނގަޅު ކަމެކެވެ.

6. ޗެރީ ކެއުން: ޗެރީގައި ނިދުމަށް އެހީތެރިވެދޭ މެލަޓޮނިން ކިޔާ ހޯމޯނެއް ހިމެނެ އެވެ.
ސިއްހަތު
ހިޔާލު