Naifaru ga baavvaa 5 kilometer dhuvumuga baiverivumuge furusathu hulhuvaalaifi
image
ފޮޓޯ: އިކޯ ޔޫތު
0 ކޮމެންޓް
 

ނައިފަރުގައި ބާއްވާ ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޅ. ނަައިފަރުގެ އީކޯ ޔޫތު ޖަމިއްޔާ އިން މިއަހަރުގެ ބޮޑު އީދު ބަންދާ ދިމާކޮށް އެ ރަށުގައި ބާއްވާ ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ދުވުން އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ. އީކޯ ޔޫތުން ބުނީ ރަޖިސްޓްރޭޝަން ފޯމް ނައިފަރުން ނަމަ އީކޯ ޔޫތު އޮފީހުންނާއި ތިން ފިހާރައަކުން ލިބެން ހުންނާނެ ކަމަށެވެ.

އޮންލައިންކޮށް ބައިވެރިވާން ބޭނުން ފަރާތްތަކަށް ރަޖިސްޓްރޭޝަން ފޯމް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެޖަމިއްޔާގެ ފަރާތުން ވަނީ ބުނެފަ އެވެ.

ފުރިހަމަކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމާއި އައިޑީ ކާޑު ފޮޓޯ އާއެކު 100 ރުފިޔާ ގެ އެޕްލިކޭޝަން ފީ ޓްރާންސްފަ ކުރުމަށްފަހު، [email protected] އަށް މެއިލް ކުރުމުން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ޖަމިއްޔާގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

އެދުވުމުގައި ބައިވެރިވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ އެއް ވަނަ ދުވަހެވެ. އެމުބާރާތުގައި ޖުމްލަ ފަސް ކެޓަގަރީއަކުން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ.

އެގޮތުން ނޭޝަނަލް ކެޓަގަރީ، އެޓޯލް ކެޓަގަރީ، 45 އަހަރުން މަތީގެ ކެޓަގަރީ އަދި ސްކޫލް ކެޓަގަރީގައި 13 އަހަރުން ދަށާ، 13 އަހަރުން މަތީގައި ބައިވެރިވުމުގެ ފުރުސަތު ދުވުންތެރިންނަށް ވަނީ ހުޅުވާލާފަ އެވެ.

މާލޭން އެ ދުވުމުގައި ބައިވެރިވުމަށް ނައިފަރަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށް އަންނަ މަހު އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަސް އަދި 10 ގައި މާލެ-ނައިފަރު-މާލެ ލޯންޗް ފެރީ ދަތުރު އޮންނާނެ ކަމަށާއި، އެކޮމަޑޭޝަން ބޭނުންވާ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖެއްސުމުގައި ޖަމިއްޔާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެފަރާތުން ބުނެ އެވެ.

އެދުވުމުގެ އިތުރުން ބޮޑު އީދާ ދިމާކޮށް ކުޅިވަރުގެ އިތުރު ހަރަކާތްތަކެއް ހިންގުމަށް އެޖަމިއްޔާއިން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ކުލަޕެޓީ، ފައިގަ ތަޅާ އާއި މާލި މުބާރާތާއި ވާދެމުގެ އިތުރުން ރިލޭ ރޭސް، ވީރު އަދި މިކްސް ރޭސް ފަދަ ކުޅިވަރުތައް ހިމެނޭ ކަމަށް ޖަމިއްޔާގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

ނައިފަރު އީކޯ ޔޫތް އަކީ ކުޅިވަރު މުބާރާތްތަކާއި، މީހުން ބިނާކުރުމުގެ ކޯސްތަކުގެ އިތުރުން އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
ނައިފަރު ދުވުން އީދު
ހިޔާލު