Raajjeyga IOIG baavvan Seychelles ge thaaeedhu libijje
image
ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި ސީޝެލްސް ގެ ރައީސް ޑެނީ ފޯ-- ފޮޓޯ: ޔޫތް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ސީޝެލްސްގެ ތާއީދު ލިބިއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ސީޝެލްސް އިން ތާއީދު ކުރާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު ތިއްބެވީ ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުންގެ ގޮތުގައި އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ގައުމުތަކުގެ ތާއީދު ހޯއްދަވަން ސީޝެލްސް ގައެވެ.

އެ ދަތުރުގައި ދެ މިނިސްޓަރުން ވަނީ އެގައުމުގެ ރައީސް ޑެނީ ފޯއާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ވަނީ ރާއްޖޭގެ ބިޑަށް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އޭގެ އިތުރުން ޝާހިދު ވަނީ ރައީސްގެ ހާއްސަ ސިޓީފުޅެއް ސީޝެލްގެ ރައީސަށް އަރުއްވާފަ އެވެ. ސީޝެލްސްގެ ރައީސްގެ އިތުރުން ދެ މިނިސްޓަރުން ވަނީ އެގައުމުގެ ސްޕޯޓްސް މިނިސްޓަރާ ވެސް ބައްދަލުކުރައްވާފަ އެވެ.

މި ދަތުރުގައި 2023 ވަނަ އަހަރު އައިއޯއައިޖީ މުބާރާތް ބާއްވަން ބިޑު ކޮށްފައިވާ ދެ ގައުމު ކަމަށްވާ ކޮމޮރޯސް އަދި މޮރިޝަސް އަށް ވެސް ދެ ވަޒީރުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އައިއޯއައިޖީ ބާއްވާނެ ގައުމެއް ކަނޑައަޅާނީ މި މަހު މޮރީޝަސްގައި ބާއްވާ ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތާ ގާތް ކޮށްފައި ކަމަށް އައިއޯއައިޖީން ވަނީ ބުނެފަ އެވެ.
ހިޔާލު