Vaccine akee rakkaatheri kamuge fiyavalheh
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވެކްސިނަކީ ރައްކާތެރިކަމުގެ ފިޔަވަޅެއް

ވެކްސިން ތާވަލުގައިވާ ގޮތަށް ގަވާއިދުން ވެކްސިން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވެކްސިން ދެވޭ މިންވަރު މަތިވުމުގެ ސަބަބުން މިހާރު ވަރަށް ގިނަ ގައުމުތަކުގައި ވެކްސިނުން ރައްކާތެރި ކުރެވޭ ބަލިތައް ނުފެތުރެ އެވެ.
އެކަމަކު ވެކްސިން ދެވޭ މިންވަރު ދަށް ގައުމުތަކުގައި އެފަދަ ނުރައްކާތެރި ބަލިތަކުގެ ޖަރާސީމް ފެތުރެމުން އެބަދެ އެވެ. އެގޮތުން ރާއްޖޭގެ މީހުންނަކީ އެކި ބޭނުންތަކުގައި ބޭރު ގައުމުތަކަށް ދަތުރުކޮށް، އަދި ތަފާތު ގައުމުތަކުން ފަތުރުވެރިންނާއި މަސައްކަތްތެރިން ގޮސް އައިސްވާ ގައުމެކެވެ.

އޭގެ ސަބަބުން ވެކްސިން ނުޖަހާ މީހުންގެ ފަރާތުން އެފަދަ ޖަރާސީމުތައް ގައުމަށް އެތެރެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހާއްސަކޮށް މީހުން ތޮއްޖެހިފައިވާ (ދިރިއުޅުން ހުންނަ ގޮތުން ގިނަ މީހުން އެއްތަނެއްގައި އުޅެން ޖެހުމުން) މިފަދަ ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ ބޮޑެވެ.
އެޗްޕީއޭ ވެކްސިން
ހިޔާލު